ads
ރުމޭނިއާ- ޔުކްރޭން މެޗުގެ ތެރެއިން
ރުމޭނިއާއިން ޔޫކްރެއިން ކޮޅަށް ތިން ލަނޑު ޖަހައިފި
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރުމޭނިއާއިން ޔޫކްރެއިން ކޮޅަށް ތިން ލަނޑު ޖަހައި ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފިއެވެ.
Advertisement

މިރޭ ރޫމޭނިއާއިން ޔުކްރެއިން ކޮޅަށް ތިން ލަނޑު ޖެހިއިރު، މިއީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި ވޭތިވެދިޔަ 24 އަހަރުގެ ތެރޭގައި މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ. 

އެ ޓީމުން އެންމެ ފަހުން ޔޫރޯގައި މޮޅުވެފައިވަނީ 2000 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރުވެސް އަދި އޭގެ ފަހުން 2016 ވަނަ އަހަރުވެސް ޔޫރޯއަށް ކޮލިފައިވީނަމަވެސް ގްރޫޕް ސްޓޭޖުން ކެޓީ މެޗަކުން މޮޅުނުވެއެވެ. ރުމޭނިއާއިން އެންމެ ފަހުން ޔޫރޯގައި މޮޅުވި މެޗަކީ  2000 ވަނަ ގްރޫޕް ސްޓޭޖުގައި، އިގިރޭސިން އަތުން މޮޅުވި މެޗެވެ.

ބަޔާން މިއުނިކްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ރުމޭނިއާއިން ލަނޑުތައް ޖެހީ ކެޕްޓަން ނިކޮލައެ ސްޓަންޗޫ، ރަޒްވާން މަރިން އަދި ޑެނިސް ޑްރަގޫސްއެވެ.

މި ގްރޫޕްގައި ދެން ހިމެނެނީ ސްލޮވާކިއާ އާއި ބެލްޖިއަމްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް