ads
ދިވެހި ހައްޖުވެރިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހައްޖުވެރިންގެ އިންތިޒާމް ފުރިހަމަކަމުން ރައީސްގެ ޝުކުރު ސައުދީ ސަރުކާރަށް
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން މައްކާ އަށް ޖަމާވެ، ހައްޖުގެ އަޅުކަން ވަނީ ފުރިހަމަކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖެ އިން ދިޔަ 1،150 އަށް ވުރެ ގިނަ ހައްޖުވެރިން ހިމެނެ އެވެ.
Advertisement

ހައްޖަށްދިޔަ މީހުންނަށް އޮމާންކަމާއެކު ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތަށް ސައުދީ އަރަބިއާގެ ސަރުކާރުން ހަމަޖައްސައިދިން ފުރިހަމަ އިންތިޒާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައުދަށް ފޮނުއްވި ސިޓީފުޅުގައި ރައީސްވަނީ ހައްޖުގެ މަތިވެރި ދުވަސްވަރު މުސްލިމު އުންމަތުން އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަމުގެ އުސޫލުތައް ދަމަހައްޓައި، ހިތްހެޔޮކަމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި، ސުލްހަވެރިކަން ދެމެހެއްޓުމަށް އެދިވަޑައިގެން، އުއްމަތަށް ބަރަކާތް ލެއްވުން އެދި ދުއާ ކުރައްވައިފަ އެވެ.

your image‏ދިވެހި ހައްޖުވެރިން މުޒްދަލިފާގައި ރޭކުރުމަށްފަހު މިނާއަށް ދަތުރުފަށައިގެން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެ ސިޓީފުޅުގައި ރައީސްވަނީ ބޮޑު އީދުގެ މުނާސަބަތުގައި ސައުދީގެ ވަލީއަހުދާއި ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރައްވައިފަ އެވެ.

ރައީސްގެ ސިޓީފުޅު ނިންމަވާލައްވަމުން ވަނީ ވަލީއަހުދާއި ސައުދީ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން އެދިވަޑައިގަންނަވާފަ އެވެ.

ސައުދީ އަރަބިއްޔާއަށް މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހި ހައްޖުވެރިންގެ ކަންކަން ބަލަހައްޓަން "އަމީރުލް ހައްޖު" ގޮތުގައި ވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޝަފީއު އެވެ. އަދި ހައްޖުގެ އަޅުކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހުންނެވީ ސައުދީގައި އެވެ.

your imageއަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިއްލީ: މި އަހަރުގެ ހައްޖު ހުތުބާ އިއްވަނީ

މަސްޖިދުއްނަމީރާގައި މި އަހަރުގެ ހައްޖު ހުތުބާ އިއްވައި ދެއްވި އަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިއްލީ ވަނީ އިސްލާމީ އުއްމަތުގެ ސަލާމަތްތެރިކަން އޮތީ މުސްލިމުންގެ މެދުގައި ބައިބައިވުން ހުއްޓުވައި، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަން ފާހަގަކުރައްވައިފަ އެވެ.

އަދި ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ހައްޖަތުލް ވަދާއުގެ ހުތުބާގައި ހަދީސް ކުރެއްވި ބައެއް ކަންކަމަށް ވެސް މިއަދުގެ ހައްޖު ހުތުބާގައި ވަނީ އަލިއަޅުވާލައިފަ އެވެ.

އޭގެ ތެރޭގައި އެކެއްގެ ލެޔާއި ނަފްސު އަނެކާއަށް ހަރާމްވެގެންވާ ކަމާއި މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވެވީ ދުނިޔެ އިން ޖާހިލުކަމާއި އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުން ހުއްޓުވުމަށްކަން ހުތުބާގައި ފާހަގަކުރި އެވެ.

ކެރި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރަންޖެހޭ ހައްގުގެ މަތިވެރި އަޅުކަމަށް ސައުދީ ސަރުކާރުން ވަނީ ވަރަށް ފުރިހަމަޔަށް ތއްޔާރުވެފަ އެވެ. އެގޮތުން ހައްޖު މޫސުމުގައި މިފަހަރު އެވްރެޖަށް ވުރެ މާ ބޮޑަށް ހޫނު ގަދަވެ، 44 ޑިގްރީ ސެލްސިއެސް އަށް ހޫނު މިން ގަދަވާނެ ކަމަށް ލަފާކޮށް އެކަމަށް ވަނީ ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. މިދުވަސް ކޮޅު ސައުދީގެ ވައިގެ ތެތްކަން ހުރީ 25 ޕަސެންޓާ ހިސާބުގަ އެވެ. އަދި ހައްޖުގެ އަޅުކަމުގެ ތެރެއިން ވާރޭ އެއްވެސް ވަރަަކަށް ނުވެހުމުންނާއިއެކު އެވްރެޖްކޮށް ހޫނުމިން ވަނީ 42-44 ޑިގްރީ ސެލްސިއެސްގައި އުފުލިފަ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރި 1.8 މިލިއަން މީހުންގެ ތެރެއިން %52 މީހުންނަކީ ފިރިހެނުން ކަމަށެވެ. އެއީ 958،137 އެވެ. އަންހެން ހައްޖުވެރިންގެ އަދަދަކީ 875،027 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް