ads
ލުކާކޫ
ލުކާކޫއަށް ހިތްދަތި ރެއް، ބެލްޖިއަމް ބަލިވެއްޖެ
ރޮމެލޫ ލުކާކޫ ޖެހި ދެ ލަނޑު، ވީއޭއާރުން ކެންސަލް ކުރި މެޗުގައި ސްލޮވާކިއާ އަތުން ބެލްޖިއަމް ބަލިއްޖެއެވެ.
Advertisement

ރޭ ސްލޮވާކިއާ އަތުން ބެލްޖިއަމް ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. ސައްތައިން ސައްތަ ރެކޯޑަކާއެކު ކޮލިފައިވާ ބެލްޖިއަމް ސްލޮވީކިއާ އަތުން ބަލިވި މެޗު މިއީ ސްލޮވާކިއާ އިން ބެލްޖިއަމް ބަލިކުރި ފުރަތަމަ މެޗެވެ.

ފްރޭންކްފާޓް އެރީނާގައި ރޭ ކުޅުނު މި މެޗުގައި ލުކާކޫ ޖެހި ދެ ލަނޑު ވީއޭއާރުންވަނީ ކެންސަލް ކޮށްފައެވެ. ލުކާކޫގެ ކެންސަލްވީ ފުރަތަމަ ލަނޑަކީ، އޭނާ އޮފް ސައިޑް ޕޮޒިޝަނެއްގައި ހުރެ ޖެހި ލަނޑެކެވެ. 

ލުކާކޫގެ ކެންސަލް ކުރި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް ވަރަކަށް މިނިޓު ހުއްޓައި ލުކާކޫ ޖެހި ލަނޑެކެވެ. ވީއޭއާރް އިން ބެލިއިރު، އެ ބޯޅަ ހިފައިގެން ދިޔައިރު، އޮޕެންޑާ އަތުގައި ބޯޅަ ޖެހުމުން މި ލަނޑުވެސް ކެންސަލްވީއެވެ. 

ޅުކަސްލޮވާކިއާ ރޭގެ މެޗުގައި ބެލްޖިއަމް ކޮޅަށް ޖެހި ލަނޑު ޖެހީ، މެޗުގެ ހަތް ވަނަ މިނިޓްގައެވެ. މި ލަނޑޫ ޖެހީ އިވާން ޝްރަންޒްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް