ads
ޒަކާތް ދައްކަނީ: މީރާއިން ބުނެފައި ވަނީ މުދަލު ޒަކާތުގެ ގޮތުގައި މެއި މަހު ނުވަ މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
މުދަލު ޒަކާތު ގޮތުގައި މެއި މަހު 9 މިލިއަން، ދެގުނަ އިތުުރު އަދަދެއް
މުދަލު ޒަކާތުގެ ގޮތުގައި މެއި މަހު ނުވަ މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ނެރުނު މެއި މަހުގެ ރިޕޯޓުގައިވާ ގޮތުން އެ މަހު އެ އޮތޯރިޓީއަށް މުދަލު ޒަކާތުގެ ގޮތުގައި 9.1 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު މީރާއަށް ޒަކާތުގެ ގޮތުގައި ލިބުނީ 4.5 މިލިއަން ރުފިޔާ އެވެ. މެއި މަހު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ އެ މަހާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 48.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ލިބުނީ 46.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.6 އިންސައްތަ ދަށް އަދަދެކެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ މަހު އެވެ. މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައަޅައި ދިވެހިރާއްޖޭގެ ޒަކާތާ ބެހޭ ހައުސްއިން ބުނީ ޒަކާތް ވާޖިބުވާ ނިސާބަކީ 9،353.40 ރުފިޔާ ކަމަށެވެ. މި އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތް ވާޖިބުވާ މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި 7،140 ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގު ކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރަންރިހީގެ ނިސާބުންނެވެ.

އަހަރުގެ އެކި ދުވަސްވަރު ނިސާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ އެކު ތަފާތުވެ އެވެ. ޒަކާތް ނެރުން ވާޖިބު ވާނީ މުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތް ތަފާތުވުމުގެ ސަބަބުން ޒަކާތުގެ ނިސާބު ތަފާތުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް