އާޒިމް މިހެން ވިދާޅުވީ، އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އާޒިމް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވަނީ، މ. އިއްޒުއްދީންމަގު (ފަލާހުޕުރީސްކޫލް) ކުރިމަތީ މަގު މަރާާމަަތު ކުރުމަށް މާލެ ސިޓީ ކައުންސިލުން އެމަގު ރޫޅަމުންދާ ކަމަށެވެ. އަދި އެ މަގަކީ އާންމުގޮތެއްގައި ފެންހިނދުން ލަސް މަގެއް ކަން އާޒިމް ވަނީ ފާހަގަކުރަށްވާފަ އެވެ.
އެ މަގު ހަދާ ނިމުމުން ފެން ނުހިނދުމުގެ މައްސަލައަށް ހައްލެއްލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މިގޮތަށް ފެންހެދޭ މަގުތައް ރަނގަޅު ކުރަން ކުރިއަށް އޮތްދުވަސްތަކުގައި މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވެސް ވަނީ މިއަހަރު ތެރޭގައި ހާއްސަ މަޝްރޫއެއް ފަށާފަ އެވެ.