އެމްބާޕޭއަށް ރޭގެ މެޗުގައި އަނިޔާވީ ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އިދިކޮޅު ކުޅުންތެރިއެއްގެ ކޮނޑުގައި ނޭފަތުން ޖެހި ނޭފަތް ފަޅައިގެން ދިޔުމުންނެވެ. އަނިޔާގެ ސަބަބުން ރޭ އެމްބާޕޭ ބަދަލުކުރިއިރު، މެޗަށް ފަހު އޭނާ ހޮސްޕިޓަލުން ފަރުވާ ހޯދިކަމަށް ރިޕޯޓްތައް ބުނެއެވެ.
ފްރާންސްގެ މެޑިކަލް ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިން ހީކުރިވަރަށްވުރެ އެމްބާޕޭއަށް ލިބުނު އަނިޔާ ސީރިއަސްއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ދެން މުބާރާތުގައި އޭނާ ކުޅުނަސް ކުޅެވޭނީ މޫނުމަތީގައި ނޭފަތް ނިވާވާނެހެން މާސްކެއް އަޅައިގެންނެވެ. އެމްބާޕާގެ ނޭފަތުގެ ކަށިގަނޑުން ބައެއް ބިނދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫރޯގައި ފްރާންސް ދެން ކުޅޭނީ ނެދަލެންޑްސްއާ އެވެ.