ads
އުތުރު ހުޅުމާލޭގެ ގޮނޑުދޮށް ސަރަހައްދުގައި ހަދާފައިވާ ހަޓްތައް - ފޮޓޯ:އެޗްޑީސީ
މުއްދަތު ހަމަވިއިރު ނުނަގާހުރި ހަޓްތައް އެޗްޑީސީން ނަގަނީ
އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގެ ގޮނޑުދޮށް ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ނަގަން ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
Advertisement

އެޗްޑީސީން ވަނީ އުތުރު ހުޅުމާލޭގެ ރުއްގަނޑު ތިނެއްގެ ގޮނޑުދޮށް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެ ތަނުގައި ވިޔަފާރިކުރަމުން އައި ފަރާތްތަކަށް މުއްދަތު ދީފަ އެވެ. އެ މުއްދަތުގައި ބައެއް ފަރާތްތަކުން ހަޓުތައް ނެގި ނަމަވެސް މުއްދަތު ހަމަވިއިރު ވެސް ގިނަ ހަޓުތަކުގައި ވިޔަފާރި ކުރަމުން އައި ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ އެ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ހަޓްތައް ނަގަނީ އެ ތަން އިތުރަށް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. ރުއްގަނޑު ތިނެއް ސަރަހައްދު ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ޖާގަ އާއި ވަސީލަތްތަކާ އެކުގައި ކަމަށް އެޗްޑީސީން ބުނެ އެވެ.

ރުއްގަނޑު ތިނެއް ސަރަހައްދުގައި ހަޓްތައް ހަދައި، ކެފޭ އާއި ހެދިކާ ވިއްކާ ތަންތަން ހިންގަމުން އައިސްފައި ވަނީ އެޗްޑީސީގެ ހުއްދައެއް ނެތި އެވެ.

your imageއުތުރު ހުޅުމާލޭގެ ގޮނޑުދޮށް ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ނަގަނީ އެ ސަރަހައްދު ތަރައްގީ ކުރަން - ފޮޓޯ:އެޗްޑީސީ 

މީގެ ކުރިން އެ ކޯޕަރޭޝަނުން ވަނީ ރޭވުންތެރިކަމެއް ނެތި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކޮށްފަ އެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. ރުއްގަނޑު ތިނެއް ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމުގަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް