ads
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ދަނީ ތައްޔާރުވަމުން - ފޮޓޯ:އެޗްޑީސީ
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކާތީ އުޅަނދުތައް ނަގަން އަނެއްކާވެސް އަންގައިފި
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ މަޝްރޫއުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވާތީ އެ ސަރަހައްދުގެ ފަޅު ތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އަންގައިފި އެވެ.
Advertisement

އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުންނާއި ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ އެ ސަރަހައްދުގެ ފަޅު ތެރޭގައި ހުރި ކަނޑު އުޅަނދުތައް ނެގުމަށެވެ.

your imageތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ދަނީ ތައްޔާރުވަމުން - ފޮޓޯ:އެޗްޑީސީ

އެޗްޑީސީން ވަނީ ރަތް ކުލައިން ފާހަގަވާ ގޮތަށް އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑުގެ އުޅަނދުތައް މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނެގުމަށް ވަނީ އަންގާފަ އެވެ. އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވަމުންދާތީވެ، ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އީޕީއޭއިން އެންގި އެންގުމާ ގުޅިގެން ބިން ހިއްކުން ހުއްޓާލަން ވެސް އެންގި އެވެ. އެ އެންގުން މިހާރު އުވާލާފާވާއިރު، ހުއްޓާލާފައިވާ ބިން ހިއްކުމުގެ މި މަޝްރޫއުގެ މަސައްކަތް އަލުން ފަށަން ވަނީ ތައްޔާރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް