ads
ޗޮކްލެޓް ސިރަޕް ފުޅިން ފެނުނު މީދާ
ހާޝީ ޗޮކްލެޓް ސިރަޕް ފުޅިއެއްގެ ތެރެއިން މީދަލެއް ފެނިއްޖެ
ޗޮކްލެޓް ޝިރަޕް ފުޅިއެއްގެ ތެރެއިން މަރުވެފައިވާ މީދަލެއް ފެނިއްޖެއެވެ.
Advertisement

އިންޑިއާގެ އާއިލާއަކުން ޒެޕްޓޯ އިން އޯޑަރު ކުރި ހަރޝީގެ ޗޮކްލެޓް ސިރަޕް ފުޅިއަކުން މަރުވެފައިވާ މީދާ ފެނުމުން އެމީހުންވަނީ އެ ހަބަރު އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. 

ޕްރާމީ ސްރީދަރު ކިޔާ މީހާ އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ އާއިލާގެ ތިން މީހަކު ތަޣައްޔަރުވެފައިވާ ޝިރަޕް ބޭނުންކޮށްފައިވާއިރު، އެކަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ. 

މިހާދިސާ ހިނގާފައިވަނީ ބްރައުން ކޭކާއި އެކު ޝިރަޕް ހެދުމަށް އާއިލާއިން އޯޑަރު ކުރުމުންނެވެ. ޝައްކު އުފެދުނީ ޝިރަޕްގެ ތެރެއިން އިސްތަށިތަކެއް ފެނުމުންނެވެ. އިސްތަށި ފެންނަން ފެށުމުން އެމީހުން އެ ފުޅީގެ އެތެރެ ބެލިއެވެ. ތަށިގަނޑަކަށް ޗޮކްލެޓް ފުޅި ހުސްކުރިއިރު އޭގެ ތެރެއިން ފެނުނީ މަރުވެފައިވާ މީދަލެކެވެ. 

"އެންމެންވެސް ދަރިންނަށް ކާން ދެވެނީ ކޯއްޗެއްތޯ ބެލުން ވަރަށް މުހިންމު. މިއީ ކަންބޮޑުވާ އަދި ބަލައިގަނެވޭނެކަމެއް ނޫން. މިކަން ތަހުގީގު ކުރުމަށް ގޮވާލަން،" އިންސްޓަގުރާމުގައި ޕޯސްޓު އާންމުކުރި ސްރީދަރު ބުންޏެވެ.

މި މައްސަލަ އިންޑިއާގައި ފެން މަތިވެފައިވަނީ، އެއާ އިންޑިއާއިން ކާން ދިން މޭޝް ޕޮޓޭޓޯ ތައްޓެއްގެ ތެރެއިން ކަޓަރު ތިލައެއް ފެނުނު މައްސަލަ ފެންމަތިވެ، އެ މައްސަލަައިގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް