ads
ވަޒީރު ޝަހީމް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސައުދީއަށް ކުރެއްވި ދަތުރުގެ ތެރެއިން
ޝަހީމް ދެކޭގޮތުގައި، މީ ދިވެހިންކުރި އެންމެ ފުރިހަމަ ހައްޖު
މި އަހަރުގެ ހައްޖަކީ ދިވެހިން މިހާތަނަށްް ކުރި އެންމެ ފުރިހަމަ ހައްޖުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސިފަކުރައްވައިފިއެވެ.
Advertisement

ހައްޖުގެ މަނާސިކުތައް ނިމުމާއިއެކު ރޭ ފަތިހު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޝަހީމް މުޅިންހެންވެސް ފާހަގަކޮށްފައިވަނީ މިއަހަރު ދިވެހި ހާޖީން އަދާކުރި ހައްޖުގެ އިންތިޒާމުތަކުގެ ފުރިހަމަކަމާއި ކާމިޔާބުކަމެވެ. 

your imageދިވެހި ހާޖީންނަށް މިނާގައި މިއަހަރު ދިން ދިވެހި ކެއުން 

ހައްޖުގެ ކާމިޔާބީގެ ގޮތުގައި ވަޒީރު އެެންމެ ފުރަތަމަވެސް ފާާހަގަކުރީ ފެންވަރު ރަނގަޅު ކާނާ ދިވެހި ހާޖީންނަށްް ފޯރުކޮށްދިނުމެވެ. ޝަހީމް މިކަން ފާހަގަކުރެއްވިއިރު މީ މީގެ ކުރިންވެސް މިކަން ކުރަމުން އައިގޮތެވެ. ހައްޖުވެރިން މައްކާގައިި އަދި ހައްޖުގެ މަނާސިކުތައް އަދާކުރުމަށް މިނާގައި ތިބޭ ދުވަސްވަރުވެސް ދިވެހިންނަށްް ދިވެެހި ރަހަތައް ހިމަނާ ހައްޖު ގުރޫޕްތަކުން މީގެެކުރިންވެސް އަައީ ކާންދެމުންނެވެ. 

your imageމިިދިޔަ އަހަރުގައި ހައްޖުގައި އަމިއްލަ ޖަމާއަތަކުން ހައްޖަށްް ދިޔަ ދިވެހި ހައްޖުވެރިން މިނާގައި ދިވެހި ރަހަތަކާއިއެކު ހެނދުނުގެ ސައިގެ ވަގުތުގައި 

ވަޒީރު ވިދާޅުވީ ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދިންކަމަށެވެ. އެގޮތުން ޑައިލެލިސް ހަދާ ފަރާތަކާއި، ކެންސަރު ފަރުވާ ހޯދަމުންދިޔަ މީހުންނާއި ހިތުގެ ބަލި ހުންނަ ބައެއް މީހުން ހާޖީންގެ ތެރޭގައި ތިބިކަން ފާހަގަކޮށް އެ އެންމެނަށްވެސް އޯގާތެރިކަން ފޯރުކޮށްދިންކަަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެޑްމިޓްކުރެވުނު ހާޖީންނަށްް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދިންކަންވެސް ވަޒީރު ފާހަގަކުރިއެވެ. މީގެކުރީގެ ހައްޖުތަކުގައިވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ދިވެހި ފެންވަރު ރަނގަޅު ޑޮކްޓަރުން ގެންގޮސް ހައްޖުވެރިންނަށް ސިއްހީ ފަރުވާދީފައެވެ. އަދި ސައުދީ ހައްޖުގެ ކަންކަން ކޮންމެ އަހަރަކުވެސް އިންތިޒާމުކޮށްްފައި އޮންނަނީ ހައްޖު ދުވަސްވަރު އެއްވެސް ހާޖީއެއް ބަލިވެ އެޑްމިޓްކޮށް ފަރުވާ ދޭން ޖެހިއްޖެނަމަ އެ ހާޖީއަކު ފަރުވާއަށް ފަހު ދޫކޮށްލަންދެން އޭނާގެ ހުރިހާކަމެއް ބަލަހައްޓާނީ ސައުދީ ސަރުކާރުންނެވެ. 

your imageމިއަހަރުގެ ހައްޖުގައި ބައިވެރިވި ބައެއް ބަލިލީހުން އަޅުކަން އަދާކުރުމަށް އެކި ތަންތަނަށް އުފުލުމުގައި ސައުދީ ޓީމުތަކުން މަސައްކަތް ކުރަނީ 

އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތްކަމާއި ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނުކަން ވަޒީރު ޝަހީމް ފާހަގަކުރިއިރު މީވެސް މިކަން ހަމަ ކުރިން ކުރަމުން އަންނަ ގޮތެވެ. ފަހުގެ ތާރީހެއްގައި ދިވެހި ހާޖީއަކަށް އަރަފާތަށް ނުވަދެވި ހައްޖު ނުލިބިފައެއް ނުވެއެވެ. އަދި އެޑްމިޓްްކުރެވިފައިވާ ބަލި މީހުން އަރަފާތައް އުފުލުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަނީ ސައުދީ ސަރުކާރުންނެވެ. 

your imageދިވހި ހައްޖާޖީންގެ ބަޔަކު މިނާގައި ހުރި ކުޑަ ފިހާރައަކުން ތަކެތި ގަނަގެން މަގުމަތީގައި ކަނީ 

ވަޒީރު ޝަހީމްް ވިދާޅުވީ މަގު އޮޅުނު 100 އެއް ހާ ހާޖީން ޑިވައިޒްގެ އެހީގައި ލޮކޭޓްކޮށްގެން އެެމީހުން ހޯދިކަމަށެވެ. ގެއްލޭ މީހުން ހޯދުމަށް ވަކި ޑިވައިޒެއް ކޯޕަރޭޝަނުން ތައާރަފުކުރީ މިދިޔަ 1444 ވަނަ އަހަރުގެ ހައްޖުގެއެވެ. އަދި މިދިޔަ އަހަރުވެސް މަގު އޮޅުނު ހައްޖުވެރިން ވަނީ އެ ޑިވައިޒް ބޭނުންކޮށް ކޯޕަރޭޝަނުން ހޯދާފައެވެ. 

އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ނަމަވެސް މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރިކަން ޝަހީމް ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

" ރަނގަޅުކުރަންޖެހޭ ކަންތަށްތަކެއް ވަނީ ފާހަގަކުރެވިފަ. އިންޝާ ﷲ އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރާނެ. މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނެވުނު ދެވަނަ ފަހަރު، ﷲ ގެ ރަޙުމަތުން ހައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް އުފަލާއެކު ފާހަގަކުރަން. އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތައްމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ. އިންސާނުންނަކީ އުނިބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކާތެރިކަމަށް." ޝަހީމް މީޑިއާތަކަށް ފޮނުވި މެސެޖްގައިވެއެވެ.

your imageދިވެހި ހައްޖާޖީން މިނާ ޓެންޓްގައި މަޑުކޮށްްލައިގެން 

މިއަހަރުގެ ހައްޖުގައި ދިވެހި 1150 ހާޖީއަކު ވަނީ ބައިވެރިވަފައެވެ. އޭގެތެރޭގައި ހިމެނޭ ރަސްމީ ކޯޓާގެ ދަށުން ހައްޖަށް ދިޔަ 1000 މީހުންނާއި ސައުދީ ސަރުކާރުން އިތުރަށްް ދިން 150 ގެ ކޯޓާގައި ހައްޖަށް ދިޔަ މީހުންނެވެ. މި އަހަރުގެ ދިވެހި ހުރިހާ ހައްޖުވެރިންވެސް ހައްޖަށް ގެންދިޔައީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް