ads
ދިވެހި ހައްޖުވެރިން: އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާ އެކު ވެސް ދެވުނީ ފުރިހަމަ ހިދުމަތެއް ކަމަށް ޝަކީލް ވިދާޅުވި - ފޮޓޯ:ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޝަކީލް
ބާރު ނުހިނގާ އެތައް ގޮންޖެހުމާ އެކު ދެވުނީ ފުރިހަމަ ހިދުމަތެއް: ޝަކީލް
އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާ އެކު ވެސް ހައްޖުގެ އަޅުކަން އަދާކުރަން ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވުނު ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
Advertisement

ޝަކީލް ވިދާޅުވީ ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާ އެކު، ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރޭގައި ދިވެހި 1،150 ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ފަހުގެ ތާރީހެއްގައި ސައުދީ އަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގު އޮޅި ގެއްލިގެން ރިޕޯޓް ކުރި 100 އަށް ވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީ އާއި ހައްޖު ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހޯދައިގެން ގެނެވުނު ކަމަށް ޝަކީލް ވިދާޅުވި އެވެ.

"...ސިއްހީ ‏ބޮޑު މައްސަލައެއް ކުރިމަތި ނުވެ، ތަބީއީ މަރަކުން ނިޔާވި އެންމެ ހައްޖުވެރިއެއް ފިޔަވާ އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާ ރައްކާތެރިކަމާ އެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ހިދުމަތް ފޯރުކޮށްދެވުނުކަމަށްޓަކާ الله سبحانه وتعالى އަށް ހަމްދު ކުރަން،" ހައްޖުގެ އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ވެރިއަކަށްވުމުގެ ފުރުސަތު ލިބިފައިވާތީ އެކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވި އެވެ.

ޝަކީލް ވަނީ އޭނާއަށް އެ ފުރުސަތު ދެއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ. އަދި ހައްޖުގެ ކަންކަން އިންތިޒާމް ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވާ އެހީތެރިކަމާއި ލަފަޔާއި އިރުޝާދު ފާހަގަކުރައްވާ އެކަމަށް ވެސް ޝަކީލް ވަނީ ޝުކުރު ދަންނަވާފަ އެވެ.

your imageދިވެހި ހައްޖުވެރިން: އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާ އެކު ވެސް ދެވުނީ ފުރިހަމަ ހިދުމަތެއް ކަމަށް ޝަކީލް ވިދާޅުވި - ފޮޓޯ:ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ޝަކީލް

ހައްޖުގެ އަޅުކަން ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ޑރ. ޝަހީމް ވިދާޅުވެފައި ވަނީ އަމިއްލަ ކޮންޓްރޯލުން ބޭރުން އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތަންމެ ފުރިހަމަ ކުރަން އުޅުނަސް އުނިކަން ހުންނާނެ ކަމަށެވެ. ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި ކަމަށާއި އަންނަ އަހަރަށް އެ ކަންކަން ރަނގަޅު ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އިންސާނުންނަކީ އުނި ބައެއް. އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާހައުލެއްގައި ހާޖީންގެ ސަލާމަތާއި ރައްކާތެރި ކަމަށް،" ހައްޖު އޮޕަރޭޝަން ކާމިޔާބުކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވި އެވެ.

މިއީ ހައްޖު ކޯޕަރޭޝަނުގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެންދެވުނު ފަހަރު ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހި ހައްޖުވެރިންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވުނު ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް