ads
އުރީދޫން އެކި ރަށްރަށާ ގުޅިގެން ކުލަގަދަ ގޮތެއްގައި ވަނީ އީދު ފާހަގަކޮށްފައި - ފޮޓޯ:އުރީދޫ
އުރީދޫން އެކި ރަށްރަށާ ގުޅިގެން ކުލަގަދަ ގޮތެއްގައި އީދު ފާހަގަކޮށްފި
މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ރަށްރަށާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނީ މި ހަރަކާތްތައް ބޭއްވުމުގެ އަމާޒަކީ އީދުގެ އުފަލުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަށް ހަރަކާތްތައް ރާވައި އިންތިޒާމު ކުރުން ކަމަށެވެ.

އުރީދޫ އީދު ހަދިޔާ

އުރީދޫ ޓީމުން ވަނީ އީދު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް ހަދިޔާ ބަހާފަ އެވެ.

އެންސީއޭ ބޮޑު އީދު 1445

އުރީދޫ އާއި ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގުޅިގެން މާލޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި މާލި، ލަނގިރި، ބޮޑުބެރު، ސްޓޭޖް ޝޯ، ބޮޑުމަސް އަދި އާޓިސްޓުންގެ ޕެއިންޓިން ޝޯކޭސް ހިމެނެ އެވެ.

ނ. ލަންދޫގައި އީދު ފާހަގަކުރުން

ލަންދޫގައި އީދު ފާހަގަކުރުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުން ފަށައިގެން ބޭއްވި ލަނގިރި އާއި މާލި ފަދަ ތަފާތު ސަގާފީ ހަރަކާތްތަކަކީ ރަށުގެ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އީދުގެ އުފަލުގައި ތައްޔާރުކުރި ކަންކަމެވެ.

your imageއުރީދޫން އެކި ރަށްރަށާ ގުޅިގެން ކުލަގަދަ ގޮތެއްގައި ވަނީ އީދު ފާހަގަކޮށްފައި - ފޮޓޯ:އުރީދޫ

އެންމެން އެކުގައި ކެންދޫ އީދު އުފާ 

ކުޑަކުދިންގެ އިވެންޓަށް ހާއްސަ ބަބްލް ޝޯއަކާއި ފަން ގޭމްތަކެއް ތައްޔާރުކޮށްފައިވާއިރު، ސަގާފީ ޑާންސްތަކާއި އީދުގެ އާދަޔާ ހިލާފު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އީދު ކުޅިސާމާ 1445. ޅ. ނައިފަރު

ނައިފަރުން އީދުގައި ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔައިރު، މާލި ޕެރޭޑުން ފެށިގެން ބޮޑުބެރާ އެކު ސްޓޭޖް ޝޯ އާ ހަމައަށް ކޮންމެ މީހަކަށް ވެސް އުފާވެރިކަން ލިބުނެވެ. އަދި ރިލޭ ރޭހާއި ބަށި ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް