ads
އެމްބާޕޭ މާސްކް އަޅައިގެން
މިއޮތީ އެމްބާޕޭގެ މާސްކް ރެޑީކޮށްފައި
ފުރަތަމަ މެޗުގައި އަނިޔާވި، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް ހާއްސަ މާސްކެއް އުފައްދައިފިއެވެ.
Advertisement

މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އިޓަލީގެ ފަބްރީޒިއޯ ރޮމާނޯވަނީ އެމްބާޕޭ މާސްކް އަޅައިގެން ހުރި ފޮޓޯއެއް އާއްމުކޮށްފައެވެ. އެމްބާޕޭވަނީ ނޭފަތުގައި ބެންޑޭޖު އަޅައިގެން، ފްރާންސްގެ ޕްރެކްޓިހުގައި ބައިވެރިވެފައެވެ.

އެމްބާޕޭ ފްރާންސްގެ ޕްރެކްޓިހުގައި ބައިވެރިވި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭ ބައިވެރިވީ ހަމަ އެކަނި ލައިޓް ޕްރެކްޓިސްތަކުގައެވެ. ޓީމާ ވަކިން އެމްބާޕޭ ކުރިއަށް ގެންދިޔައީވެސް ލުއި ޕްރޮގްރާމްތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ،

އެމްބާޕޭއަށް އަނިޔާވީ ޔޫރޯގައި ފްރާންސްއިން ކުޅުނު ފުރަތަމަ މެޗުގައެވެ. އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މި މެޗުގައި އެމްބާޕޭގެ ނޭފަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސްގެން ބަދަލު ކުރަން ޖެހުނެވެ. އަދި މެޗަށް ފަހު ހޮސްޕިޓަލުން އެމްބާޕޭ ފަރުވާ ހޯދާފައިވާއިރު، ކުރިއަށް އޮތް މެޗުތަކުގައި އެމްބާޕޭއަށް ކުޅެވިދާނެތޯވެސް ސުވާލު އުފެދުނެވެ.

ފްރާންސުން ދެން ކުޅެން ޖެހޭ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ހޮލެންޑާ ދެކޮޅަށެވެ. ފްރާންސުންވަނީ މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން މޮޅުވެފައެވެ. ފްރާންސަކީ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް