އޭއެފްޕީން 10 ގައުމަކުން ހާމަކޮށްފައިވާ ހިސާބުތައް އެއްކޮށްލައިގެން ބެލި އިރު ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިޔާވި ހައްޖާޖީންގެ އަދަދު 1081 އަށް އަރަ އެވެ.
މިފަހަރު ހައްޖު މޫސުން ވެގެން ގޮސްފައި ވަނީ ސައުދީއަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށެވެ. މީގެ ސަބަބުން ހީޓްސްޓްރޯކް ޖެހިގެން ގިނަބަަޔަކަށް ފަރުވާދޭން ޖެހުނުއިރު، ބައެއް މީހުން ނިޔާވީވެސް ހޫނުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހައްޖު މޫސުން ފެށުމުގެ ކުރިން ވެސް ސައޫދީން ވަނީ އާންމުކޮށް ހޫނު ގަދަވާ ވަރަށް ވުރެ މިފަހަރު ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.
ސައުދީން މިދިޔަ މަހު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެ ސަރަހައްދުގެ ފިނިހޫނުމިން ކޮންމެ ދިހައަހަރަކުން 0.4 ޑިގްރީ ސެލްސިއަސް (0.72 ޑިގްރީ ފެރެންހައިޓް) މައްޗަށް އަރައެވެ. ސައޫދީން މިދިޔަ މަހު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މައްކާ ސަރަހައްދުގެ ހޫނުމިން ކޮންމެ 10 އަހަރަކުން 0.4 ޑިގްރީ ސެލްސިއެސް އަށް މަތިވެ އެވެ.
މިދިޔަ އަހަރު ވެސް ހޫނު ގަދަވުމުގެ ސަބަބުން 240 މީހަކު ހައްޖުގެ އަޅުކަމުގެ ތެރޭގައި ނިޔާވި އެވެ. އޭގެ ތެރޭގައި ގިނައީ އިންޑޮނޭޝިއާ މީހުންނެވެ. މިދިޔަ އަހަރު ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވި ހައްޖާޖީންގެ އަދަދު 10000އަށް އަރާއިރު އޭގެ ތެރެއިން 10 އިންސައްތަ މީހުންނަކީ ހީޓް ސްޓްރޯކް ޖެހުނު މީހުންނެވެ.