ޔުކްރޭން އަދި ސްލޮވީކިއާ ގްރޫޕުގައި ދެން ހިމެނެނީ ބެލްޖިއަމާ ރުމޭނިއާއެވެ. މި ގްރޫޕުގައި ޕޮއިންޓެއް ނުލިބި އޮތީ ބެލްޖިއަމްއަށް އެކަންޏެވެ.
އަނެއް ތިން ޓީމުން ކުރެ ކޮންމެ ޓީމަކަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ބެލްޖިއަމްއަށް އަދި ދެ މެޗު އެބައޮތެވެ. މާނައަކީ މި ގްރޫޕުގެ ހުރިހާ ޓީމަކަށްވެސް އަދި ދެވަނަ ބުރުގެ ފުރުސަތު އޮތުމެވެ.
ޔުކްރޭނުން މިރޭ ސްލޮވީކިއާ އަތުން މޮޅުވީ ފަހަތުން އަރައި ދެ ލަނޑު އެއް ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ ސްލޮވާކިޔާއިން ނެވެ. މި މެޗުން ސްލޮވީކިއާ މޮޅުވިނަމަ އެ ޓީމަށް ދެވަނަ ބުރު ކަށަވަރު ކުރެވުނީހެވެ.
މި ގްރޫޕުގައި ދެން އޮންނާނީ ބެލްޖިއަމްއާ ރޫމެނިއާ މެޗެވެ. އެއަށް ފަހު، ފަހު ދެ މެޗު ކުޅޭނީ އެއް ވަގުތެއްގައެވެ.