ads
އަމީނީ މަގު
ޖިންސީ ގުނަވަން ދެއްކި މީހާގެ ބަންދު އިތުރުކޮށްފި
މާލޭގެ އިމާދުއްދީން ސްކޫލް ކައިރީގައި މަގުމަތީގައި ޖިންސީ ގުނަވަން ދެއްކި މީހާގެ ބަންދު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
Advertisement

ޖޫން ހަ ވަނަ ދުވަހު ހެނދުނު އިމާދުއްދީން ސްކޫލް ކައިރީގައި ހުރެ ޖިންސީ ގުނަވަން ދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މޫސާ ނައުޝާދު ކިޔާ މީހެކެވެ. މި މީހާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވުމުގެ ތުހުމަތެވެ.

މުޖުތަމްއުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް މިއަދު ނެރުނު ބަންދު މުއްދަތު އިތުރު ކުރުމުގެ އަމުރުގައި ބަޔާންކޮށްފައިވެ އެވެ. އެ މީހާގެ ބަންދަށް މި މަހުގެ ހަވަނަ ދުވަހުވެސް 15 ދުވަސް ޖެހިއެވެ. އެ ދުވަހު އަމުރު ނެރުނީ ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލިފާ އެވެ.

އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފުވުމުގެ ތުހުމަތު ކުރެވޭ މި މީހާގެ މައްޗަށް މީގެ ކުރިންވެސް ކޯޓުގައި ޖިނާއީ ދައުވާތަކެއް އުފުލިފައިވާކަން ކްރިމިނަލް ކޯޓުގެ ރިކޯޑްތަކުން ދައްކަ އެވެ. އޭގެ ތެރޭގައި އެނގި ހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ މައްސަލައަކާއި، މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ މައްސަލައަކާއި ވައްކަން ކުރުމުގައި ބައިވެރިވުމުގެ މައްސަލައެއް ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް