ads
މަގުމަތީގައި ޓްރެފިކް ފުލުހަކު ހަރަކާތްތެރިވަނީ
ހުތުރުކޮށް ވާހަކަދެއްކި ފުލުހެއްގެ މައްސަލަ ބަލަނީ
ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ޓޯ ކުރުމުގައި ފުލުހަކު, ބޭއަދަބީކޮށް ވާހަކަ ދެއްކި މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.
Advertisement

އެ އިދާރާއިން ބުނީ މި މައްސަލަ ބަލަނީ ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ޓޯކުރުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފުލުހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންކަމާއި ގުޅިގެންކަމަށެވެ. 

ފުލުހުން ބުނީ މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ތ. ވޭމަންޑޫ ސްކޫލުގައި ކުރިއަށް ދިޔަ ހަރަކާތަކާ ގުޅިގެން އެ ސަރަހައްދަށް ދުއްވާ އެއްޗިހި ވަނުން މަނާކޮށް، އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދިޔަކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ވަދެ، އަތޮޅު ކައުންސިލް އިދާރާ ކައިރީ ޕާކު ކުރުމަށްފަހު އަތޮޅު ކައުންސިލް އިދާރާއަށް، ސައިކަލު ދުއްވި މީހާ ވަންކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހާ އަތޮޅު ކައުންސިލް އިދާރާއިން ނުކުމެ ސައިކަލަށް އަރައި ދުއްވާފައިދަނިކޮށް ހުއްޓުވައި ލައިސަންސް އޮތްތޯ ބެލިއިރު ލައިސަންސް ނެތްކަން އެނގުމުން ލައިސަންސް ނެތި ދުއްވި މައްސަލައާ ގުޅިގެން، ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު 15 ދުވަހުގެ މުއްދަތަށް ޓޯ ކުރިކަމަށް ގުލުހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން އާއްމުވެފައިވާ ވީޑިއޯގައި ސައިކަލް ދުއްވި ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ސައިކަލް ދުއްވީ 18 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އޭނާ ސައިކަލް ދުއްވީ ލައިސެންސް ނެތިކަމަށްްް އެއްބަސްވާކަމަށާއި އެ ކުއްޖާކުރީ ކުރި ކުށެއްކަމަށް ކަމަށްވެސް ގަބޫލު ކުރާކަމަށެވެ. އެހެންނަމަވެސް 18 އަހަރުގެ ކުއްޖަކާ ފުލުހުން ބޭއަދަބީ ކޮށް ވާހަކަ ދެއްކުމުން އެކަން ބަލައިނުގަނެވޭނެ ކަމަށް އެ ކުއްޖާގެ އާއިލާއިން ވަނީ ބުނެފައެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި މައްސަލާގައި، މުއާމަލާތުކުރުމުގައި ހިދުމަތް ލިބިގަތް ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ސަމާލުކަމަށް އައިސްފައިވާތީ އެ އިދާރާއިން އެ ހާދިސާ އިތުރަށް ބަލަމުން އަންނަކަމަށެވެ. އަދި މައްސަލަ ބެލުމަށްފަހު ހިދުމަތް ދިނުމުގައި ރަނގަޅުކުރަން ޖެހޭކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް