މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް މިއަދު 13:00 ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނީ ހެނދުނު ފެށިގެން މެންދުރު 13:00 ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.
ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުންބުނެއެވެ. އަދި ކަނޑުތައް ގަދަވާނެކަމަށްވެސް މޫސުމާއި ބޭހޭ ގައުމީ އިދާރާއިން ބުނެއެވެ.
މޫސުމް ގޯސްވާން ފަށާފައި މިވަނީ އީދު ޗުއްޓީ ނިންމާ ގިނަ ބަޔަކު މާލެއަށް ދަތުރުކުރާ ދުވަސްވަރަށެވެ. އީދު ޗުއްޓީ ނިމި މާދަމާ ރަސްމީކޮށް ސަރުކާރު ހުޅުވޭނެއެވެ.