ads
އޭޝިއަން ކަޕްގެ ޓްރޮފީ
2027 ވަނަ އަހަރުގެ އޭޝިއަން ކަޕަށް އިންޑިޔާއިން ބިޑްކޮށްފި
2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ހޯސްޓު ކުރުމަށް އަވަށްޓެރި އިންޑިޔާއިން ބިޑްކޮށްފިއެވެ. މިކަން އޯލްއިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުގެ ސެކެއްޓްރީ ޖެނެރަލް ކުޝާލް ދާސްވަނީ މީޑިއާއަށް ހާމަކޮށްފައެވެ.
Advertisement

2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވުމަށް ޝައުގުވެރިކަން މިހާތަނަށް ފާޅުކޮށް ބިޑު ހުށަހެޅިކަން އާއްމުކޮށްފައިވަނީ އަވަށްޓެރި އިންޑިޔާގެ އިތުރުން ސައުދީ އަރަބިއްޔާއިންނެވެ. 2027 ވަނަ އަހަރުގެ އޭޝިއަންކަޕަށް ބިޑު ކުރުމުގެ މުއްދަތު ހަމަވާން ކުރިން އޮތީ މާރިޗު މަހު ފަހުކޮޅަށެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަހާއި ގުޅިގެން ދުނިޔޭގެ ހުރިހާ ފުޓްބޯޅަ ހަރަކާތެއްހެން ހުއްޓުމާއި އެކު އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާ- އޭއެފްސީންވަނީ ބިޑު ކުރުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. 2027 ވަނަ އަހަރުގެ އޭޝިއަންކަޕް އޮންނާނެ ގައުމެއް ކަނޑައެޅުމަށް ފަހު އެކަން އިއުލާން ކުރަން އޭއެފްސީން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.

2027 ވަނަ އަހަރުގެ އޭޝިއަން ކަޕަށް އިންޑިޔާއިން ބިޑުކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ އަންހެނުންގެ އޭޝިއަން ކަޕް ހޯސްޓު ކުރާނީވެސް އިންޑިޔާއިންނެވެ. މީގެ ކުރިން ސަތާރަ އަހަރުން ފަށުގެ ފީފާ ވޯލްޑްކަޕް ހޯސްޓްކޮށްފައިވާ އިންޑިޔާއަށް، މި އަހަރުގެ ފަހުކޮޅު ބާއްވަން ރާވާފައިވާ ސަތާރަ އަހަރުން ދަށުގެ އަންހެން ވޯލްޑްކަޕްވެސް ހޯސްޓްކުރުމުގެ ފުރުސަތުވަނީ ދީފައެވެ. އެހެންނަމަވެސް ކޮރޯނާއާއި ގުޅިގެން މި މުބާރާތްވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް