މިފްކޯއަށްް މަސްކިރުވުމަށްފަހު ފައިސާ ނުދީގެން މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން ދަނީ މުޒާހަރާކުރަމުންނެވެ.
މި މުޒާހަރާތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ބަޔަކުއަތުން އެއްޗެއް ގަނެފައި އެއެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ވާޖިބެއްކަމަށެވެ. އެހެންކަމުން މަސްވެރިން އަތުން ސަރުކާރުން ގަނެފައިވާ މަހަށް ނުދައްކާ ހުރި ފައިސާ ދެއްކުމަށް ޝާހިދު ވަނީ ގޮވާލާފައެވެ.
ޝާާހިދު ވަނީ އައްޑޫ މަސްވެެރިންނާއި އެހެނިހެން މަސްވެރިން އަތުން ގަނެފައިވާ މަހަށް ނުދައްކާހުރި ފައިސާ ދައްކާ ހަލާސް ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
މަސްވެރިންގެ މުޒާހަރާއަސް ރައްދުދެއްވަމުން ސަރުކާރުގެ މްމެބަރު އިބްރާހިމް ސުޖާއު މިއަދު ވިދަޅުވީ އައްޑޫގައި މަސްވެރިން މުޒާހަރާކުރަނީ ނުދީ ހުރި ފައިސާ ދެވޭނެކަން އެމްޑީޕީއާ ޕީޢެންއެފަށް ޔަގީން ވާތީކަމަށެވެ. އަދި އެކަން ހިނގާގޮތް ވަރަށް ރަނގަޅަށް ސާފުކޮށް އެނގޭކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.