އެމްޓީސީސީން ބުނީ އާޓިފިޝަލް ބީޗް ސަރަހައްދާއި އިންވެގެން އޮންނަ ބޮޑުތަކުރުފާނު މަގުގެ ބައެއް މިއަދު ބަންދުކުރުމަށް ހަމަޖެހިފައިވުމާ ގުޅިގެން، އެމްޓީސީސީން ފޯރުކޮށްދެމުންދާ ބަހުގެ އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ 2 ރޫޓެއްގެ ދަތުރުތައް މިރޭ 11:00 ހުއްޓާލާނެކަމަށެވެ.
ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗު ކުރިމަތިން މިރޭ ބަންދުކުރަނީ ޕީއެންސީގެ އާ ހަރުގެ ހުޅުވުމަށެވެ.
މިރޭ އެމްޓީސީސީ ހުއްޓާލީ ހުޅުމާލެ ފޭސް 1 - ކާނިވަލް ރޫޓާއި ހުޅުމާލެ ފޭސް 2 - ކާނިވަލް ރޫޓެވެ.
އެމްޓިސީސީން ބުނީ މި ވަގުތުގައި އޯކިޑް ރޫޓުގެ ބަސް ދަތުރުކުރަން ހަމަޖެހިފައިވަނީ އަމީރު އަޙުމަދު މަގާއި، ސޯސަން މަގާއި އަދި މަޖީދީ މަގުން ކަމަށެވެ.
ޕީއެންސީ އާ ހަރުގެ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި އެތަން ހުޅުވާދެއްވާނީ ޕީއެންސީގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.