ads
ޖަރުމަން - ސްވިސް މެޗުގެ ތެރެއިން
ޖަރުމަނު ސަލާމަތްވީ ހަމަ ކިރިޔާ
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިތުރު ވަގުތުގައި ޖެހި ގޯލާއެކު ސްވިޒަލެންޑް އަތްދަށު ނުވެ، މުބާރާތް ބާއްވާ ޖަރުމަން ސަލާމަތްވެއްޖެ އެވެ.

ޖަރުމަނާ ސްވިޒަލެންޑް މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. އެއީ، ޖަރުމަނުގެ ނިކްލަސް ފުލްކްރޫގް އިތުރު ވަގުތުގައި ޖެހި ލަނޑާއެކުއެވެ. 

ފަހު ވަގުތު ޖެހި ގޯލުން ހޯދި ޕޮއިންޓާ އެކު ޖަރުމަނު ވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވެފައެވެ. އެއީ ޖަރުމަނުން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްގެން ޖުމްލަ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ފަސް ޕޮއިންޓް ލިބިފައިވެ އެވެ.

ހަންގޭރީން ވަނީ ސްކޮޓްލެންޑް ބަލިކޮށް ގްރޫޕްގެ ތިން ވަނަ ހޯދައިފަ އެވެ. ގްރޫޕްގެ ފުލުގައި ނިންމާލީ އެއް ޕޮއިންޓާ އެކު ސްކޮޓްލެންޑް އެވެ. އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 16 އަށް ދިއުމުގެ ފުރުސަތު ހަންގޭރީ އަށް އެބައޮތެވެ. އެކަމަކު ސްކޮޓްލަންޑަށް އޮތީ ގްރޫޕް ސްޓޭޖާއެކު މުބާރާތް ނިންމާލައި ރަށަށް ދިޔުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް