ޕީއެންސީގެ އާ ހަރުގެ ހުޅުވުމަށްް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ އޭނާގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕާޓީއަށް ލިބުނު ފައިސާގެ އަދަދު އޭނާއަށް ވުރެ އެންމެ ރަނގަޅަށް އެނގޭނެ އެއްވެސް މީހަކު ނުހުންނާނެކަމަށެވެ. އަބްދުއްރަހީމް އެ އިޝާރާތް ކުރެއްވީ 2013 އިން 2108 އަށް ވެރިކަން ކުރި ޕީޕީއެމަށް ލިބުނު ފައިސާގެ ވާހަކައެވެ. އެހެންނަމަވެސް ޕީޕީއެމްގެ ވެރިކަން ވެއްޓުމުން އުޅެން ޖެހުނު ނިކަމެތި ހާލު ކިޔާދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އާއިލާއަށްް ކާންބޯންދީ ހެދީ މަގުމަތީގައި ސަލާން ޖަހައިގެންކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ވާހަކަތައް މިހާރު ދައްކަވަނީ ރައްޔިތުން ތަމްސީލު ކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވާ ދިނުމަށްޓަކައި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ މިއަދު ލިބިފައި އޮތް އިއްޒަތަކާއި ގަދަރަކާއި ޝަރަފު ލިބުނީ ވަކި މީހަކަށްްވުރެ ގައުމު އިސްކުރީމާ ކަމަށެވެ. އެ އިޝާރާތްކުރެއްވީވެސް ރައީސް ޔާމީންނަށެވެ.
ޕީއެންސީ އޮފީސް ހުޅުވުމަށްް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް ކަންކަން ވަރަށް ތިލަކޮށްް ކުރިޔަށް އޮތްތަނުގައި ކިޔާދެއްވާނެކަމަށް ވިދާޅުވެފައެވެ.