ads
އެމެރިކާގެ އެހީދޭ ޖަމާއަތްތަކާއި ބައްދަލުކުރަން ޒަމީރު އެގައުމަށް
އެމެރިކާގެއެހީދޭ ޖަމާއަތްތަކާއި ބައްދަލުކުރަން ހާރިޖީ ވަޒީރު މޫސާ ޒަމީރު އެ ގައުމަށް ފުރައިފިއެވެ.

ހާރިޖީ ވުޒާރާއިން ބުނީ ޒަމީރު އަންނަ ބުރާސްފަތިު ދުވަހުގެ ނިޔަލަށްް އެމެރިކާއަށްް ކުރާ ދަތުރުގައި އެގައުމުގެ ސަރުކާރާއި އދގެ އިސްވެރިންނާ ބައްދަލުކޮށް ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރާނެކަމަށެވެ. 

މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އާއި އެމެރިކާ ސަރުކާރުގެ އެހީ ދޭ ޖަމިއްޔާ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް، ސަމަންތާ ޕަވާގެ އެޑްމިނިސްޓްރޭޓަރު ގެ އިތުރުން އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ޒަމީރު ބައްދަލުކުރާނެކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ. 

ވަޒީރު ޒަމީރުގެ މި ދަތުރުގައި ނިއުޔޯކަށް ގޮސް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާއި އދގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޮރ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް ލީ ޖުންހުއާއާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން ނިއުޔޯކް ސިޓީގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ވަޒީރު ޒަމީރު މި ދަތުރުގައި ވޮޝިންޓަން ޑީސީގައި އުޅޭ ދިވެހިންގެ އިތުރުން ނިއުޔޯކާއި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.

ޒަމީރުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ޑރ ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު މި ދަތުރުގައި ބައިވެރިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް