ads
އުތުރުތިލަފަޅު
ސަރުކާރު އަޅާ "މައިޖަލު" އަޅާނީ އުތުރު ތިލަފަޅުގައި
ރާާއްޖޭގައި ހުރި ވަކި ވަކި ޖަލުތަތައް އުވާލާ ސެންޓަރަލް ޖަލެއްގެ ގޮތުގައި އަޅާ "މައި ޖަލު" އަޅަނީ އުތުރު ތިލަފަޅުގައިކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގައި މިވަގުތު އެންމެ ބޮޑު ޖަލޫ ހުރީ މާފުށީގައިއެވެ. އޭގެ އިތުރުން ހިންމަފުށީގައި އައްސޭރި ޖަލާއި ފުލުހުންގެ ބޭނުމަށް ދޫނިދޫގައިވެސް ޖަލެއް ހުރެއެވެ.  މި ހުރިހާ ޖަލެއް އުވާލާ އެއް ޖަލެއް އެޅުމަކީ މި ސަރުކާރުގެ އަމާޒެކެވެ. 

ރައްޔިތުން މަޖިލީހުގެ ސަލާމަތީ ކޮމެޓީގައި ވާހަކަދައްކަވަމުން ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވީ ޖަލުގައި މިހާރު ދުވާކަލު ކޮންމެ ގައިދީއެއްގެ ބޮލަށް 27 ހާސް ރުފިޔާ ހޭދަކުރަންޖެހޭކަމަށެވެ. އަދި މީ ދުނިޔޭގެ ޖަލުތަކުގައި ކުރާ ހޭދަތަކަށް ބަލާއިރު ބޮޑު އަދެއްކަކަން ވަޒީރު ފާހަގަކުރެއްވިެއެވެ. އަދި މީހާ ބޮޑު ހަރަދެއް ހިންގަނީ އެކިތަންތާ ޖަލު ހުރުުމުންކަމަށްވެސް އިހްސާން ވިދާޅުވިއެވެ. 

ކޮމެޓީގެ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އިހްސާން ވިދާޅުވީ ސަރުކާރުން އަޅާ "މައި ޖަލު" އެޅުމަށް އުތުރު ތިލަފަޅުުން 30 ހެކްޓަރުގެ ބިމެއް ދޭން ކެބިނެޓުން ނިންމާފައިވާކަމަށެވެ. 

"އުތުރު ތިލަފަޅުން އަޅުގަނޑުމެންނަށް 30 ހެކްޓަރުގެ ޖާގަ ކަނޑައެޅުމަށް ކެބިނެޓުން ވާނީ ނިންމާފައި. އެ 30 ހެކްޓަރުގެ ޖާގަ ހިއްކުމަށް ފަހުގައި، ހިއްކާ ތަނުން ލޭންޑް ލޭއައުޓް ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ގްރައުންޑް ޕްލޭން ކުރަން ފަށާނަން. މިހާރު ވެސް ތަނުގެ ރިކުއާމެންޓް ހެދުމުގެ މަަސައްކަތް ނިމިފައި، ޖަލުގައި ހުންނަން ވާނީ ކޮން ފެސިލިޓީތަކެއް ކަން މިހާރު ވާނީ އައިޑެންޓިފައިކޮށް ނިންމާފައި،" އިހްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އުތުރު ތިލަފަޅުގައި ޖަލު ހަދަން ނިންމީ ބްރިޖި ހެދުމުން އެތަނަކީ އެއްގަމު މަގުން ދަތުރުފަތުރުކުރަން ފަސޭހަ ތަނަކަށްވާނެތީކަމަށެވެ. 

" ބްރިޖްތައް އެޅެމުން ގޮސް އެންމެ ފަހު ކަނެކްޝަން ހެދޭ ލޭންޑް ބޭސް އޭރިއާކަށް ވާނީ އެތަން ވީމާ، އަޅުގަނޑުގެ ރިކޮމެންޑޭޝަނަކަށްވީ އެއްގަމު މަގުން އެކްސެސްވާ ތަނެއްގައޭ ސެންޓްރަލް ޖެއިލް ފެސިލިޓީ ހުންނަންވީ،" އިހްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ޖަލުގެ މަސައްކަތް ނިންމާ އެތަން ބޭނުންކުރަން ފެށުންކަމަށެވެ.

ސެންޓަލް އެއް ޖަލު ގާއިމުކުރުމުގެ ބޭނުމަކީ މީހުން ބަންދުކުރެވެނީ ހަމައެކަނި ގޮޅީތަކުގައި ބަންދުކޮށް ގެންގުޅުމުގެ ބަދަލުގައި ރިހިބިލިޓޭޓް ކޮށް މުޖުތަމައަށް ފައިދާ ހުރި ބަޔަކަށް މީހުން ބަދަލުކޮށް އަވަހަށް އެމީހުން އަނބުރާ މުޖުތަމައަށް ގެނެވޭނެ ގޮތް ހެދުމަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް