ads
ފޮރިން މިނިސްޓަރު ޒަމީރު އާއި ޔޫއެސްއޭއައިޑީ ގެ އެޑްމިނިސްޓްރޭތަރު
ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓާއާ މިނިސްޓަރު ޒަމީރު ބައްދަލުކުރައްވައިފި
ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާ އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރިން ބުނީ މިނިސްޓަރު ޒަމީރު މިއަދު ޔޫއެސްއޭއައިޑީގެ އެޑްމިނިސްޓްރޭޓާއާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް މުހިއްމު މަޝްވަަރާ ބައްދަލުވުމެއްކަމަށެވެ. 

އަދި ޔޫއެސްއެއިޑް މެދުވެރިކޮށް މިހާރު ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކުރިއަށްއޮތްތަނުގައި އެއްބާރުލުން އިތުރުކުރުމަށް ވައުދުވެވަޑައިގެންފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ޒަމީރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ފުރާވަޑައިގެންފައިވަނީ މިދިޔަ ބުރާފަތިދުވަހުގަ އެވެ. ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި އެމެރިކާގެއެހީދޭ ޖަމާއަތްތަކާއި މިނިސްޓަރު ބައްދަލުކުރައްވާނެކަމަށާއި ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށްވެސް މަޝްވަރާކުރެވިގެންދާނެކަމަށެވެ.

ވަޒީރު ޒަމީރު މި ދަތުރުގައި ވޮޝިންޓަން ޑީސީގައި އުޅޭ ދިވެހިންގެ އިތުރުން ނިއުޔޯކާއި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރަންވެސް ހަމަޖެހިފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް