ads
ހޯމްލޭންޑް މިނިސްޓަރު އިހުސާން - ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ
މާލޭގައި50 އަށް ވުރެ ގިނަ ޑްރަގް އަށްޑާ، ސަރުކާރު އިމާާރާތްތައްވެސް ހިމެނޭ: އިހުސާން
މާލޭ ތެރޭ 50 ހަށްވުރެ ގިނަ ޑްރަގް އައްޑާ ހުރި ކަމަށާއި އޭގެތެރޭގައި ސަރުކާރުގެ ބައެއް އިމާރާތްތައްވެސް ހިމެނޭކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ ޑްރަގް އައްޑާތަކުގެ ގޮތުގައި މިނިސްޓްރީން މާލެ ތެރޭގައި 50 ހަށް ވުރެއް ގިނަ ތަން އައިޑެންޓިފައިކުރެވިފައި ހުރިކަމަށެވެ. އެގޮތުން ސަރުކާރުގެ ބައެއް އިމާރާތްތަކާ އަދި އާންމު ފަރާތަކުގެ އިމާރާތްތައް އެބަހުރި ކަމަށާއި އޭގެތެރޭގައި ގިނާއީ ހުސްކޮށް ހުންނަ ، ފަޅުގެތައް ގޮތައް ހުރި ތަންތަންކަމަށް އިހުސާން ފާހަގަކުރެއްވި އެވެ.

ކަމާބެހޭ ފަރާތްތަކުން އެތަންތަަނަށް ވަދެ، އެތަންތަނުގެ ވީޑިއޯތަކާއެއްކޮށް ނަގާ މިހާރު ވަނީ އެ ހުސްކޮށްހުރި ޑްރްގް އައްޑަނަތަކުގެ އެސެސްމަންޓެއް ހެދިފައިކަަމަށް އިހުސާނި ވިދާޅުވި އެވެ. އަދި އޭގެތެރެއިން ޕްރައިވެޓް ޕްރޮޕަޓީޒްތަކަަކީ އަދި ސަރުކާރު ޕްރޮޕަޓީސްތަކަަކީ ކޮބާތޯ ބަލާފައިވާނެކަމަށް ހޯމް މިނިސްތަރި އިހުސާނު ވިދާޅުވި އެވެ.

"މިގޮތުން ސަރުކާރުގެ 3 ޕްރޮޕަޓީއެއް މިހާރު ތަޅާލަން އަޅުގަނޑުމެން ވަނީ ހުއްދައަށް އެދިފަ، އެ ހުއްދަވެސް ލިބިފަ، މިހާރު ތަޅާލުމުގެ މަސައްކަތައް މިއަދު މެންދުރު 12 ޖަހާއިރު އެބައޮތް އަޅުގަނޑުމެން ޕަބްލިކްސް ވޯކްއާ އެކު އޮންނަ މީޓިންއެއް، އިމާރާތްތައް ތަޅާލުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށްޓަކައި، ހަމަ އެގޮތައް ޕްރައިވެޓް ބައެއް ތަންތަނުގެ ވެރިންގެ ފަރާތުން ހުއްދަވެސް އެބަ ހޯދަން މިތަންތަން ބަންދުކުރަން" މިނިސްޓަރު އިހުސާނު ވިދާޅުވި އެވެ.

އެ މައްސަލާގެ ދާއިމީ ހައްލަަަކަށް އަންނާނީ ހޯމް މިނިސްޓްރީން ސަޕްލައި ރިޑަކްޝަންއަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހައްލު ލިބިގެންކަމަށް އިހުސާނު ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ގާނޫނުތައް އެންމެ ގިނަވެގެން މަހެއްހާ ދުވަސްތެރޭގައި މިނިސްޓްރީން ކޮމިޓީއަށް ގެނެސްދޭނެކަމަށައި އެއަަށް ހައްލުތައް ދީފިނަމަ ކުރިއަށްއޮތް 6 މަސް ދުވަސް ތެރޭ އެ މައްސަލަ ހައްލުކުރައްވާނެކަމުގެ ޔަގީންކަން އިހުސާނު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް