ads
ޅ. ހިންނަވަރުގައި އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ސޯލިހު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:އެމްޑީޕީ
ގޯތި ދިނުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވަރަށް ހާމަކަން ބޮޑުކޮށް: ސޯލިހު
އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ރައްޔިތުނަށް ގޯތި ދިނުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ހެޔޮ ނިޔަތުގައި، ވަަރަށް ހާމަކަން ބޮޑުގޮތެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ރާއްޖޭ ޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ހެދުނު ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވަރަށް ހެޔޮ ނިޔަތުގައި ވަަރަށް ރަނގަޅު ހާމަކަން ބޮޑުގޮތެއްގައި ގޯތި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ. މާލޭ ރައްޔިތުންނަށް ގޯތި ބަހާ އެ މަޝްރޫއު ނިމިގެން ދިޔައިރުވެސް އެއާ ބެހޭގޮތުން އެއްވެސް މީހެއްގެ ފަރާތުން މާބޮޑު ޝަކުވާއެއް އައިސްފައިނުވާކަމަށާއި ނަމަވެސް ބެހި ގޯތިތައް މިއަދު އެތަންތަން ހިފަހައްޓައިގެން އުޅުއްވަނީ ކީއްވެކަަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ގޯތީގެ އިތުރުން ފްލެޓްތަކަށް ބަލާލާއިރުގައި، ފްލެޓުގައި ބައެއް ފަރާތަތަކުން ހުށަހަޅުއްވާފައިހުރި މައުލޫމާތުގައި ބައެއް ފަހަރު ކުށެއް ނުވަތަ އޮޅިފައި ހުރުން ދިމާވެދާނެ ކަމަށާއި ނަމަވެސް އެ ކަންތައް، ރަނގަޅުކޮށް ހައްގުވާ ފަރާތްތަކަށް ދިނުން އަވަސް ކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ސޯލިހު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ އެއިރުގެ ސިޔާސަތަކީ، އަޅުގަނޑުމެން ހެދި ދިރާސާ ކޮންމެހެން ބޭރުގެ ފަރާތްތަކާއެކީގައި އެ ދިރާސާ ހަދާކަށް ނުޖެހޭ، ރާއްޖޭގައި ތިއްބަވާނެ އެފަދަ ފަަރާތްތައް، 20،000 ހައުސިން ޔުނިޓް ނޫނިއްޔާ ހައުސިން މާލޭގައި އެބޭނުން، އެއަށް އަމާޒުކޮށްގެން އަޅުގަނޑުމެން ފެށި މަސައްކަތެއް އެއީ ، އޭގެތެރެއިން އެއްބައެއް ގޯތި ދިނުން ފްލެޓާއެކީގައި، އަޅުގަނޑުމެންނަށް އެ ދިމާވީ އިގްތިސޯދީ ދަތި ހާލަތާއެކީ ގައި ގެންދެވިފައި ހުރި ހިސާބު އެއީ، އެހެންވީމާ އެއަށް ބޭސްކޮށްގެން ކުރެވޭނެ ކިތަމެއް ކަމެއް އަދި ހުންނާނެ އިނގޭތޯ" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީ ސިޔާސަތަކީ ފުރަތަމަ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުންކަމަށް ސޯލިހު ވިދާޅުވި އެވެ. އެގޮތުން ގުޅީފަޅު، ގިރާވަރު، ފުށިދިށްގަރު އަދި އުތުރުތިލަފަޅު ހިއްކުމުމުން މާލޭގައި ދިރިއުޅޭ ފަރާތް ތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުގެ އަދަދަށް ގޯތިދީ އެހުރިހާ ކަމެއް ހައްލު ކުރެވިގެންދާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް