އަނާން ނިޔާވީ އިއްޔެ ސްރީލަންކާގަ އެވެ. އަނާން އަކީ ކެންސަރު ބައްޔަށް ފަރުވާ ދެއްވާ ޑޮކްޓަރެކެވެ.
އެނގިފައިވާ ގޮތުގައި އަނާން ނިޔާވީ ކުއްލި ގޮތަކަށެވެ. އަނާން ލަންކާއަށް ދިޔައީ އޭނާގެ އާއިލީ މީހެއްގެ ހާލު ވަރަށް ދެރަވެގެން ޒިޔާރަތް ކުރުމަށެވެ. އުމުރުން 28 އަހަރުގެ ޑރ. އަނާން ނިޔާވީ ބަލިވެ އުޅުއްވުމަށްފަހު ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
އަނާންގެ ޖަނާޒާ ބާއްވައިފައި ވަނީ އިއްޔެ ކޮލަމްބޯގައި، މަގުރިބު ނަމާދަށް ފަހު މާލިގާވައްތަ މުސްލިމު ބޮރެއްލާ ގްރަންޑް ގައެވެ.
އަނާންއާ ގުޅޭ ގޮތުން ރާއްޖޭގެ ފުރަތަމަ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ. މުހައްމަދު ޝިފާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަނާންއަކީ ވަރަށް މޮޅު ޑޮކްޓަރެއްގެ އިތުރުން، ބަލި މީހުންނާއި އެއްކޮށް މަސައްކަތް ކުރާ މީހުންނަށް ވެސް އަޅާލައި، އޯގާތެރި ޒުވާނެއް ކަމަށެވެ.