ސްލޮވީކިއާއާ ރުމޭނިއާގެ މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.
މި ނަތީޖާއާއެކު،ގްރޫޕް އީގެ ހަތަރު ޓީމަށް ވެސް ލިބުނީ ހަތަރު ޕޮއިންޓެވެ. މިއީ ޔޫރޯގެ ތާރީހުގައި ވެސް މި ގޮތަށް ދިމާވި ފުރަތަމަ ފަހަރެވެ. ހަތަރު ޓީމަށްވެސް ހަތަރު ޕޮއިންޓް ލިބުނުއިރު ގްރޫޕުގެ އެއްވަނަ ލިބެނީ ރުމޭނިއާއަށެވެ. ދެ ވަނަ ބެލްޖިއަމްއަށެވެ. އަދި ތިން ވަނަ ސްލޮވާކިއާއަށް އަދި ހަތަރުވަނަ ޔުކްރޭނަށެވެ. ޔޫކްރެއިން ވަނީ ގްރޫޕްގެ ފުލަށް ދިއުމުން ކަޓައިފަ އެވެ.
މިއީ، 2000 ވަނަ އަހަރުގެ ފަހުން ރުމޭނިއާ ޔޫރޯގެ ދެވަނަ ބުރުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. އެ ފަހަރު އެ ޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ.