ads
މުހައްމަދު ކަރަމް ސުހައިލް ހައިކޯޓުގައި
ނަޑޭގެ މަރުގެ މައްސަލައިގައި ހިމެނޭ ކަރަމް އަަނެއްކާވެސް ދޫކޮށްލައިފި
ޓާމިނަލް ކެފޭ ތެރޭގައި ޖުލައި 2017 ގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް އިބްރާހީމް (ނަޑޭ) މަރާލި ކަމަށް ދައުލަތުން ދައުވާ ކުރި މައްސަލަ ސާބިތުނުވެ، ދޫކޮށްލާފައި ހުރި ގއ. ގެމަނަފުށީ، ހަވާސް، މުހައްމަދު ކަރަމް ސުހައިލް، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު، ސާބިތު ހެކި ނެތް ކަމަށް ބުނެ ދޫކޮށްލައިފި އެވެ.
Advertisement

ގއ. ގެމަނަފުށީ، ހަވާސް، މުހައްމަދު ކަރަމް ސުހައިލްއަކީ ނަޑޭގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ހަތަރު މީހުންގެ ތެރެއިން މީހެކެވެ.

އެ ހަތަރު މީހުންގެ މައްޗަށްވެސް ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ސާބިތު ނުވި އެވެ. އެ މައްސަލަތައް މިހާރު ހައިކޯޓުގައި އޮތް އިރު، މި މައްސަލައިގައި ހިމެނޭ މުހައްމަދު ކަރަމް ސުހައިލް ޑްރަގް ޓްރެފިކިންގެ މައްސަލައެގައި ހައްޔަރު ކުރުމާ ހަމައަށް ހުރީ މިނިވަން ވެފައެވެ. ޑްރަގް ޓްރެފިކިން މައްސަލައެއްގައި މިދިޔަ ހަފްތާގައި ކަރަމް ހައްޔަރު ކުރުމަށް ފަހު ބުދަ ދުވަހު ދޫކޮށްލީ، އެ މައްސަލައިގައި ހަރުދަނާ ހެއްކެއް ނެތް ކަމަށް ބުނެ އެވެ.

ނަޑޭގެ މަރުގެ މައްސަލައިގައި އޭނާ ހައްޔަރު ކޮށްދިނުމަށް ދައުލަތުން ހައިކޯޓުގައި ކުރިން އެދުނު ނަމަވެސް އޭނާ ހައްޔަރު ކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން އޮތީ ކަނޑައަޅާފަ އެވެ.

ޓާމިނަލް ކެފޭ ތެރޭގައި ޖުލައި 2017 ގައި ނަދީމްގެ ބޮލަށް ތޫނު އެއްޗަކުން ހަލާދީ މަރާލި މައްސަލާގައި ގއ. ކަރަމްގެ އިތުރުން ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމީންގެ މައްޗަށެވެ. މީގެ ތެރެއިން ދެ މީހަކު ހައިކޯޓުގެ އަމުރަކަށް މިހާރު ތިބީ ބަންދުކޮށްފަ އެވެ.

ކަރަމްވެސް ހިމެނޭހެން މި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރު އެވެ. އެ މައްސަލައިގެ އިސްތިއުނާފު އޮތީ މިހާރު ހައިކޯޓުގައި ފެށިފަ އެވެ.

މުހައްމަދު ކަރަމް، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބުދަ ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު ވަނީ އަމުރުކޮށްފަ އެވެ. ހަމަ އެ ގާޒީވަނީ ބުދަ ދުވަހު، ކަރަމް ދޫކޮށްލުމަށް އަމުރު ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް