ads
އެމްބާޕޭ މާސްކް އަޅައިގެން
ޔޫރޯގެ ދެވަނަ ބުރުގެ މެޗުތައް ހޮނިހިރު ދުވަހުން ފެށިގެން
ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯގެ ދެވަނަ ބުރުގެ ޓީމުތައް ކަށަވަރުވެ، ހޮނިހިރު ދުވަހު ދެވަނަ ބުރުގެ މެޗުތައް ފަށާނެއެވެ.
Advertisement

ދެވަނަ ބުރުގައި ފުރަތަމަ ކުޅޭނީ، ސްވިޒަލަންޑާ އިޓަލީއެވެ. ސްވިޒަލަންޑަކީ، ޖަރުމަނާ އެއް ގްރޫޕެއްގައި ހިމެނި އެ ގްރޫޕުން ދެވަނަ ހޯދި ޓީމެވެ. އިޓަލީ ހިމެނުނީ، ސްޕެއިން ގްރޫޕުގައެވެ. އިޓަލީއަކީ އެ ގްރޫޕުން ދެވަނައެވެ. މި މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން ރޭގަނޑު ނުވައެއް ޖަހާއިރުއެވެ. 

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކުޅޭނީ ޖަރުމަނާ ޑެންމާކެވެ. ޖަރުމަނަކީ ގްރޫޕް އޭގެ އެއްވަނައެވެ. އަދި ޑެންމާކީ އިންގްލޭންޑް ހިމެނުނު ގްރޫޕުގެ ދެވަނަ ޓީމެވެ. މި ދެ ޓީމުގެ މެޗު ފެށޭނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރުއެވެ. 

އާދިއްތަ ދުވަހުގެ ރޭ ކުޅޭނީ އިންގްލަންޑާ ސްލޮވީކިއާއެވެ. އިންގްލަންޑްއަކީ ގްރޫޕް ސީގެ އެއްވަނައެވެ. ސްލޮވީކިއާ އެއީ ގްރޫޕް އީގެ ތިންވަނަ ޓީމެވެ. ނިސްބަތުން މިއީ އިގިރޭސިންނަށް ފަސޭހަ މެޗެއް ނަމަވެސް މުބާރާތުގެ އޮއިވަރު ދިޔަ ގޮތުން ފަސޭހައެކޭ ނުބުނެވޭނެއެވެ. 

އާދިއްތަ ދުވަހުގެ ރޭ ދަންވަރު ސްޕެއިން ނުކުންނާނީ މުޅިން އަލަށް ޔޫރޯ ކުޅޭ ޖޯޖިއާއާ ދެކޮޅަށެވެ. ސްޕެއިނުން ގްރޫޕުގެ އެއްވަނަ ތިން މެޗުންވެސް މޮޅުވެ ހޯދިއިރު، ޖޯޖިއާ ދެވަނަ ބުރަށް ދިޔައީ ގްރޫޕް އެފްގައި އޮވެ، ތިންވަނަ ހޯދައިގެންނެވެެ. 

ފެވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް ދެވަނަ ބުރުގައި ކުޅޭނީ ބެލްޖިއަމްއާއެވެ. ފްރާންސަށް ގްރޫޕުން ލިބުނީ ދެވަނަ އެވެ. ބެލްޖިއަމްއަކީވެސް އެ ޓީމު ހިމެނުނު ގްރޫޕުގެ ދެވަނައެވެ. 

ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ދެވަނަ ބުރުގައި ނުކުންނާނީ އިނގިރޭސިންގެ ގްރޫޕުގެ ތިންވަނަ ހޯދި ސްލޮވީނިއާއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ހޯމަ ދުވަހުގެ ރޭ ދަންވަރުއެވެ. 

އަންގާރަ ދުވަހުގެ ރޭ ކުޅޭނީ، ރުމޭނިއާއާ ހޮލެންޑެވެ. އަދި ދެވަނަ ބުރުގެ އެންމެ ފަހު މެޗަކަށް އޮންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު އޮސްޓްރިއާއާ ތުރުކީ ކުޅޭ މެޗެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް