ads
އެސްޓީއޯ ހެޑް އޮފީސް އިމާރާތް
އެސްޓީއޯ އަހަރީ އާއްމު ޖަލްސާ އަންނަމަހު 12ގައި
ސްޓޭޓް ޓްރޭޑިން އޮގައިނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާއްމު ޖަލްސާ އަންނަމަހު ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ އަހަރީ އާއްމު ޖަލްސާ އޮންނާނީ އަންނަމަހުގެ 12 ވަނަދުވަހުކަމަށެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އަންނަމަހުގެ 11 ވަނަދުވަހުގެ ކުރިން ރަޖިސްޓްރީކޮށް ނިންމުމަށް އެސްޓީއޯއިން ބުނެ އެވެ. 

އަހަރީ އާއްމު ޖަލްސާގައި ބައިރިވެވޭނީ މިމަހުގެ 26 ގެކުރިން ކުންފުނީގެ ހިއްސާދާރުން ދަފްތަރުގައި ހިމެނޭ ފަރާތްތަކަކަށް ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް ބަހަން ފެންނަވަރު ފާސްކުރާނެ އެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށްް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ. މީ ފާއިތުވި 17 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އެކުންފުނިން މިހާތަނަށް ނިންމި އެންމެ ބޮޑު އަދަދެވެ.

އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުން އައްޔަންކުރުންވެސް އޮންނާނެއެވެ. އެގޮތުން ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން 6 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން މެމްބަރަކު ހޮވާނެ އެވެ. 

މި ޖަލްސާގައި އޮންލައިންކޮށްވެސް ބައިވެރިވެވޭނެކަމަށް އެސްޓީއޯއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް