ads
އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސްގެ މަޝްރޫއު ދައްކުވައިދޭ ކުރެހުމެއް - ފޮޓޯ: ރައީސް އޮފީސް
އަސޭރިއާ ހޯމްސް ގެދޮރުވެރިކަމުގެ މަޝްރޫއުގެ ބިންގާ އަޅައިފި
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.
Advertisement

ހުޅުމާލޭ ފޭސްދޭއްގައި ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ މި މަޝްރޫއުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި މިމަޝްރޫޢުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި ތަރައްގީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްގީކުރެވޭނެ އެވެ. 

your imageއަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސްގެ ބިންގާ ނައިބު ރައީސް އަޅުއްވައިދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްގީކުރާނެ އެވެ.

އެޗްޑީސީން މި މަޝްރޫއު ބެޗް ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 13 ނޮވެމްބަރު 2022 ގަ އެވެ. މަތީފަންތީގެ ހިދުމަތްތަކާއެކު ގެދޮރު ތަރައްގީކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް