މަޖިލީހުގެ ޖަލްސާތައް އާއްމު ގޮތެއްގައި ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. ނަމަވެސް، މި ފެށޭ ހަފުތާގައި އެންމެ ފުރަތަަމަ ޖަލްސާ އެޖެންޑާކޮށްފައި އޮތީ އާދީއްތަ ދުވަހަށެވެ.
މަޖިލީހުގެ ވެބްސައިޓްގައި އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވަނީ ތިން ކަމެކެވެ.
ވިހި ވަނަ މަޖިލީހުގައި 93 މެންބަރުން ތިބިއިރު މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. އެ ޕާޓީގައި އެކަނި ވެސް 75 މެންބަރުން އެބަތިއްބެވެ. އެމްޑީޕީއަށް މި ފަހަރުގެ މަޖިލީހުން ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ.
އެހެން ކަމުން ސަރުކާރުން ބޭނުންވާ އިސްލާހުތަށް ގާނޫނަށް ގެނެސް ސަރުކާރުން ބޭނުންވާ ބިލުތަށް އަވަސް ސްޕީޑުގައި މަޖިލީސް ތެރެއިން ނިންމުމަށް ވަނީ ފަހި ފުރުސަތެއް ލިބިފައި އެވެ. އަދި ރައީސް ޑރ. މުއިއްޒުގެ "ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ނިންމި ނިންމުމަށް" އެއްބާރުލުން ލިބޭނެކަމަށް މަޖިލީހުގެ ގިނަ މެންބަރުން އަންނަނީ ވިދާޅުވަމުން ނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;