ads
ތާރާ---
މިފޮޓޯ ފެނި ގިނަ ބަޔަކު ބުނަނީ ތާރާ ވައްތަރީ "ބާބީ ޑޯލް" އަކާ ކަމަށް!
"ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. ދާދި ފަހުން ތާރާ ހިއްސާކުރި ފޮޓޯއެއް ފެނިފައި ގިނަ ބައެއްގެ ލޯތައް ވަނީ އޭނާއަށް ހުއްޓިފައެވެ.
Advertisement
"ސްޓޫޑެންޓް އޮފް ދަ އިޔަ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ސުތަރިއާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. ދާދި ފަހުން ތާރާ ހިއްސާކުރި ފޮޓޯއެއް ފެނިފައި ގިނަ ބައެއްގެ ލޯތައް ވަނީ އޭނާއަށް ހުއްޓިފަ އެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ތާރާ ހިއްސާކޮށްފައިވާ އެފޮޓޯއަކީ ގަހަނާއެއްގެ އިޝްތިހާރު ކުރުމަށް ނަގާފައިވާ ފޮޓޯއެކެވެ. ނަމަވެސް އެގަހަނާއަށް މީހުންގެ ލޯތައް ދިއުމުގެ ބަދަލުގައި އެންމެ ލޯތައް އަމާޒުވީ އޭނާގެ މޫނަށެވެ.

ގިނަ ބަޔަކު ބުނަމުން ދިޔައީ އޭނާ ވައްތަރީ "ބާބީ ޑޯލް" އަކާ ކަމަށެވެ. އެގޮތުން ތާރާގެ މޫނާއި އިސްތަށިގަނޑާއި އަދި ހަށިގަނޑުވެސް "ބާބީ ޑޯލް" އަކާ އެތްގޮތް ކަމެއް އެބަހުރި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.


ތާރާއަކީ ލަވަކިޔުންތެރިއެއް އަދި ނެށުންތެރިއެއް ވެސް މެއެވެ. އޭނާ ވަނީ ތާރޭ ޒަމީން ޕަރް އާއި ގުޒާރިޝް އަދި ޑޭވިޑް ފަދަ ފިލްމުތަކަށް ލަވަކިޔާފަ އެވެ.

އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަ 2" ނެރެފައި ވަނީ މި އަހަރުގެ މެއި މަހު 10 ވަނަ ދުވަހު އެވެ. އެ ފިލްމުގައި ތާރާއާ އެކު އަނަންޔާ ޕާންޑޭ އަދި ޓައިގާ ޝްރޮފް ވެސް ވަނީ ފެނިފަ އެވެ.

ތާރާ އެންމެ ފަހުން ފެނިގެން ދިޔައީ "މަރްޖާންވާން" އިންނެވެ. އެ ފިލްމުގައި އޭނާއާ އެކު ފެނިގެންދާނީ ސިދާތު މަލްހޯތުރާ އެވެ.

ބޮޑު ތަރުހީބެއް ފިލްމަށް ލިބުނުއިރު ތާރާއަށް އަންނަނީ ފިލްމުތަކުން ގިނަ ފުރސަތު ތަކެއް ލިބެމުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް