ads
ކުދި ގައުމުތަކުގެ ހައްގުގައި ރާއްޖެއިންކުރާ ވަކާލާތަށް އދ. ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ ތައުރީފް ކުރައްވައިފަ - ފޮޓޯ: ފޮރިން މިނިސްޓްރީ
ކުދި ގައުމުތަކުގެ ހައްގުގައި ރާއްޖެއިންކުރާ ވަކާލާތަށް އދ. ގެ ތައުރީފް
ކުދި ގައުމުތަކުގެ ހައްގުގައި ރާއްޖެއިންކުރާ ވަކާލާތަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ތައުރީފް ކުރައްވައިފި އެވެ.

ގުޓެރޭސް ރާއްޖެއަށް ތައުރީފް ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު ޔޫއެންގެ ހެޑް ކުއާޓަރުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެނެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ބައްދަލުވުމުގައި ނިމުނު ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި (ސިޑްސް4) ގައި އެއްބަސްވެވުނު ކަންތައްތައް ވީ އެންމެ އަވަހަކަށް ތަންފީޒުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކުދި ގައުމުތަކުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އދ. ގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ގުޓެރޭސް ދެއްވި ކަމަށެވެ. 

މީގެ އިތުރުން ގުޓެރޭސް ވަނީ، މޫސުމީ ބަދަލުތަކުގެ އަސަރާ ދެކޮޅަށް ކްލައިމެޓް ފައިނޭންސިން ކުދި ޖަޒީރާ ގައުމުތަކަށް ހޯދައި ދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން އިސްވެ ކުރަމުންދާ ވަކާލާތު ފާހަގަކުރައްވައި، އެ މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ. 

ނިއު ޔޯކަށް ކުރައްވާ މި ދަތުރުގައި ޒަމީރު މިއަދު ވަނީ އދ.ގެ ބައެއް އިސްވެރިންނާއި ސަފީރުންގެ އިތުރުން އެ ސިޓީ އާއި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އަދި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ މިނިސްޓަރު ވަނީ ބައްދަލުކުރައްވައި، އެ ކަމުގެ މަޝްވަރާތަކާއި މައުލޫމާތުތައް ކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް