ads
ޕީޕަލްސްބޭންކް އޮފް ޗައިނާއާއި މަޝްވަރާތައް ކުރިއަށް ދަނީ -
ޗައިނާ-ރާއްޖެ ކަރަންސީ ސެޓަލްމެންޓާއި ގުޅޭ މަޝްވަރާ ކޮށްފި
ދެގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ކުރިއަށްދާނެ ގޮތްތަކާއި ގުޅޭގޮތުން ޕީޕަލްސް ބޭންކް އޮފް ޗައިނާއާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޝްވަރާކުރައްވައިފި އެވެ.
Advertisement

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓަރު މުހައްމަދު ސައީދު މިހާރު ޗައިނާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރު އިއްޔެ ވަނީ ޗައިނާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް (އައިސީބީސީ)ގެ ސީނިއާ އެގްޒެކެޓިވްސްއާ ބައްދަލު ކުރައްވާފަ އެވެ.

މި ސަރުކާރުން މީގެ ކުރިން ވަނީ އިންޑިއާއާއި ޗައިނާއާއެކު މިހާރު ވެސް ބޮޑެތި އަދަދުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭއިރު، ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން އެ ވިޔަފާރި ކުރެވޭ ނަމަ ޑޮލަރު އަގު ކުޑަކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއަކީ ވިޔަފާރިއަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށާއި ވަކި ބަޔަކާ ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޗައިނާއިން ގެންނަ މުދަލަށް ދިވެހި ރުފިޔާ ބޭނުންކޮށްގެން މުއާމަލާތު ކުރެވޭނެގޮތް ހެދުމަކީ ދިވެހި ރުފިޔާގެ އަގު އުފުލޭނެކަމެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނިމިދިޔަ ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމާއެކު ވިޔަފާރިއާއި ތަރައްގީގެ ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފަ އެވެ. މީގެ ތެރޭގައި ބްލޫ އިކޮނޮމީ ކޯރޕަރޭޝަން އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުން ހިމެނެ އެވެ.

ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް