ads
ހީނާ ހާން
ހީނާ ހާން ކެންސަރު ބައްޔަށް ފަރުވާ ހޯދަނީ
އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ހީނާ ހާނަށް އުރަމަތީގެ ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.

އުމުރުން 36 އަހަހުގެ ހީނާ ވަނީ މި ހިތާމަވެރި ހަބަރު އެނާގެ އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފަ އެވެ. 

ހީނާ ބުނީ އޭނާއަށް ވަނީ ސްޓޭޖް ތިނެއްގެ ބްރެސްޓް ކެންސަރު ޖެހިފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ބުނީ އޭނާގެ ބައްޔަށް މިހާރު ވަނީ ފަރުވާ ހޯދަން ފަށާފައިވާ ކަމަށާއި މިކަން ނިމޭއިރު އޭނާ ކުރިއަށް ވުރެ ވެސް ހިތްވަރު ގަދަ ވާނެ ކަމަށެވެ.

"އަހަރެން ދެކެ ލޯބިވާ، އަހަންނަށް ސަޕޯޓުކުރާ އެންމެންނަށް އަހަރެންގެ ވަރަށް މުހިންމު ވާހަކައެއް ހިއްސާކޮށްލަން އެބައޮތް. އަހަންނަށް ވަނީ އުރަމަތީ ކެންސަރުގެ ޖެހިފައި. އަހަރެން މި ހުރީ ކެންސަރުގެ ތިން ވަނަ ސްޓޭޖުގައި،" ހީނާ ބުންޏެވެ.

ދެ ފަހަރެއްގެ މަތިން އުމްރާގެ އަޅުކަން ވެސް އަދާކޮށްފައިވާ ހީނާ އަކީ އިންޑިއާގެ މިހާރުގެ ޓީވީ ތަރިންގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. އޭނަ އާންމުންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ ސްޓާ ޕްލަސް އިން ގެނެސްދޭ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން ކުޅުނު އަކްޝަރާގެ ރޯލުންނެވެ. 

މީގެ އިތުރުން ވެބް ސީރީޒެއް ކަމަށްވާ "ޑެމޭޖްޑް 2"ގެ ދެވަނަ ސީޒަންގެ ރޯލެއްގައި ވެސް އޭނާ ފެނެއެވެ. ހީނާ ވަނީ "ނާގިން" އާއި "ކަސޯޓީ ޒިންދަގީ ކީ" ސީޒަން ދޭއްގައި ވެސް މަސައްކަތްކޮށްފަ އެވެ. 

އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2020 ގައި ޑައިރެކްޓަރު ވިކްރަމް ބަޓް ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް