ads
މިއަދު އޮތް ފުލުހުންގެ ޕްރެސް
ޖަމީލް މަރުވީ ބަޔަކު ދިން އަނިޔާއަކުން ނޫން: ޕޮލިސް
މާފުށީ ޖަލުގައި އިއްޔެ ނިޔާވި މުހައްމަދު ޖަމީލަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރެވުމަށްފަހު މިނިސްޓަރު އިހްސާން ވިދާޅުވީ ށ. ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލް (45އ) މަރުވީ އެއްވެސް ފަރާތަކުން ގަސްދުގައި ދީފައިހުރި ގޯނާއެއް ނުވަތަ އަނިޔާއެއްގެ ސަބަބުން ނޫން ކަމަށެވެ.

ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ އިއްޔެ ރޭ އެންމެ ފަހުން ޖަމީލު ގޮޅިއަށް ވަނީ 9:30 ހާއިރު ކަމަށާއި އޭގެ ފަހުން އެއްވެސް މީހަކު އެ ގޮޅިއަށް ވަދެފައި ނުވާކަން ސީސީޓީވީ ފޫޓޭޖުން ވެސް އެނގޭ ކަމަށެވެ. 

އަދި އެ އިއްޔެ ހެނދުނު 6:00 ހާއިރު އޮފިސަރުން ގޮޅިތަކަށް އާންމު އުސޫލުން ޒިޔާރާތް ކުރިއިރު ވެސް އެ ގޮޅިއަށް އޮފިސަރުން ވަދެފައި ނުވަނީ އޭނަ އޮތީ ނަމާދުގައި ސަޖިދައިގައި އޮތުމު ކަމަށް ވިދާޅުވި އެވެ.

ސާމިހު ވިދާޅުވީ ގޮޅީގައު ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައި ވަނީ އިއްޔެ ހެނދުނު 7:43 ހާއިރެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތުމުން 11:34 ހާއިރު އޮފިސަރުން ގޮޅިއަށް ވަން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ މައުލޫމާތު ހޮސްޕިޓަލުން ހޯދައި، ތަހުގީގާ ގުޅޭ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާ ވެސް ހިއްސާކުރަމުންދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއިން އެއްވެސް ފަރާތަކަށް ވެސް ހަށިގަނޑު އިތުރަށް ބާއްވަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ފާހަގަވެފައި ނުވާތީ އާއި އަދި ފުލުހުންގެ ތަހުގީގަށް ވެސް މި ދެންނެވި ގޮތަށް އެފަދަ އެއްވެސް ހާލަތެއް އޮތް ކަމަށް ނުބެލެވޭތީ އިއްޔެ 18:10ގައި އަޅުގަނޑުމެން ވާނީ ވަޅުލުމުގެ ހުއްދަދީ އާއިލާއާ ހަވާލުކޮށްފައި،" ސާމިހު ވިދާޅުވި އެވެ.

އާސިފް ވިދާޅުވި ގޮތުގައި ދުވާލު 7 އިން ރޭގަނޑު 9 އާ ހަމައަށް އެ ޔުނިޓުގެ ގޮޅިތައް ހުންނާނީ ހުޅުވައިފަ އެވެ. އަދި ޔުނިޓަކީ ޔާޑަށް ނުކުމެ، އެކަކު އަނެކަކާ ބައްދަލުކުރެވޭ ގޮތަށް އޮތް ޔުނިޓަކަށް ވާތީ ގަޑިއަކު އެއް ފަހަރު، އެމީހުންގެ ހާލަތު ވަކިވަކިން ނުބަލާ ކަމަށް އާސިފް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް