ads
"ކަލްކީ" ގެ ޕޯސްޓަރެއް. ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ހޯދަމުން
"ކަލްކީ" ބޮކްސް އޮފީހުގައި ރަސްކަންކުރަނީ
މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރީ ތެލޫގޫ ފިލްމު "ކަލްކީ: 2898 އޭޑީ" އަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.
Advertisement

މި ފިލްމުގެ މެއިން ކެރެކްޓަގެ ރޯލުން ފެނިގެން ދަނީ " ބަހޫބަލީ" މަޝްހޫރުކަން ހޯދި ޕްރަބާސްއެވެ. އޭނާގެ އިތުރުން މި ފިލުމުގެ މުހިއްމު ރޯލްތަކަުން ބޮލީވުޑްގެ ސުޕާސްޓާ އަމީތާބާއި ދިޕިކާގެ އިތުރުން ކަމަލް ހަސަނާއި އަދި ދިޝާ ޕަޓާނީ ފެނެއެވެ.

ތެލުގޫ މި ފިލްމު ސްކީރުންތަކަށް ނެރެފައިވަނީ އިންޑިއާގައި ވާހަކަ ދައްކާ ހުރިހާ ބަހުރުވައަކުންނެވެ. 

މި ފިލްމު ރިލީޒުކޮށް މިދިޔަ ހަފްތާ ބަންދުގައި ފިލުމަށް ލިބުނު އާމްދަނީ މިހާރު ވަނީ 250 ކްރޯޑް ރުޕީސް (30 މިލިއަން ޑޮލަރު) އަށް އަރައިފައެވެ. އިންޑިއާގެ ބޭރުން ވެސް ފިލްމު އަންނަނީ ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ.

ފިލްމުގެ ހިންދީ ބަހުން އަޑު އަޅާފައިވާ ވާޝަނަށްް އެކަނިވެސް މިހާތަނަށް 45.74 ކްރޯޑް ރުޕީސް (5.5 މިލިއަން ޑޮލަރު) އާމްދަނީ އެއް ވަނީ ނަގާފައެވެ. 

72 މިލިއަން ޑޮލަރު ( 600 ކްރޯޑް ރުޕީސް ) ހަރަދުކޮށްގެން ހަދާފައިވާ މި ފިލްމަކީ މިހާތަނަށް އިންޑިއާގައި ނެރުނު އެންމެ އަގު ބޮޑު އެއް ފިލެމެވެ. ފިލުމުގެ ވާހަކަ ލިޔެ ފިލްމު ޑައިރެކްޓްްކުރީ ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިންއެވެ. 

"ކަލްކީ" އަށް ކްރިޓިކުންވެސް އަންނަނީ ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. ފިލްމުގެ ވާހަކައާއި ތަރިންގެ އެކްޓިންގެ އިތުރުން ޑައިރެކްޝަނަށް ތައުރީފު އަންނަނީ އޮހެމުންނެވެ. މި ފިލްމުގެ ވިޝުއަލް ސެޕްޝަލް އިފެކެޓްސްތައް ހޮލީވުޑްގެ ފިލްމުތަކަށް ދޫނުކުރާކަމަށްް ކްރިޓިކްސް ލިޔާ މީހުން ބުނެއެވެ. އެމީހުން ވަނީ މި ފިލްމަށް މިހާރުވެސް ހަތަރު ތަރި ދީފައެވެ. 

ކްރިިޓކްސް ލިޔާ މީހުން ބުނާ ގޮތުން މި ފިލްމު ބައެއް ރެކޯޑްތައް މުގުރާލުމަކީ ވަރަށްވެސް ގާތްކަމަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް