ads
ލަންކާ މަސް ބޯޓެއް
ގޮތް ނޭނގޭ އެއްޗެއް ބޮއެގެން ލަންކާގެ ހަތަރު މަސްވެރިން މަރުވެއްޖެ
ކަނޑުން ނެގި ފުޅިތަކެއްގައި ހުރި ގޮތް ނޭނގޭ އެއްޗެއް ބުއިމުގެ ސަބަބުން ހަތަރު މަސްވެރިއަކު މަރުވެ، އިތުރު ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެ ކަމަށް ސްރީ ލަންކާގެ ނޫސްތަކުން ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެ މަސްވެރިން ކަނޑުމަތީގައި އުޅެނިކޮށް އޮޔާ ދަނިކޮށް ނެގި ފުޅިތަކުގައި ހުރީ ސީދާ ކޯޗެއްކަން ސާފުނުވާ ކަމަށެވެ. އެ ފުޅިތައް "ދޭވޯން" ކިޔާ އުޅަނދެއްގައި މަސްވެރިކަން ކުރަން އުޅުނު މަސްވެރިންނަށް އެ ފުޅިތައް ފެނުނީ ލަންކާގެ ދެކުނު އައްސޭރީގެ ސަރަހައްދެއް ކަމަށްވާ ޓަންގަލޭގެ 320 މޭލު ބޭރުންނެވެ.

މި ހާދިސާއާ ގުޅިގެން ލަސްކާގެ ކަނޑުގެ ސިފައިން މީޑިއާތަކަށް ބުނެފައި ވަނީ މަސްވެރިންނަށް ކަނޑުމަތިން ފެނުނު ފުޅިތަތަކުގައި ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ ބަނގުރާ ކަމަށް ބެެލެވޭ ކަމަށެވެ.

"އެ ފުޅިތަކުގައި ހުރި އެއްޗެއް މަސްވެރިން ބުއީ ބަނގު ރާކަމަށް ހީކޮށް" ސްރީ ލަންކާ ކަނޑުގެ ސިފައިން ބުނި ކަމަށް މީޑިއާއިން ވަނީ ރިޕޯޓް ކޮށްފަ އެވެ.

ކަނޑުން ނެގި އެ ފުޅިތަކުގައި ހުރީ ކޯއްޗެއްކަން ތަހްގީގު ކުރުމުގެ މަސައްކަތް ސްރީ ލަންކާ ސަރުކާން މިހާރު ވަނީ ފަށައިފަ އެވެ.




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް