ads
ތުރުކީން ގެނައި ފުށް ވިއްކި، ކައިވެސް ހުސްވެއްޖެ: އެސްޓީއޯ
ތުރުކީން ރާއްޖެއަށް ގެނައި ފުށުގެ ފުރަތަމަ ޝިޕްމެންޓު ރާއްޖެ ގެނެސް މީގެ ދެމަސްކުރިން ވިއްކި ހުސްވެފައިވާކަމަށް ކަމަށް ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

ކާޑު ގެނައުމަށް ވަކި ގައުމަކަށް ބަރޯސާ ވުމުގެ ބަދަލުގައި މިހާރު ތުރުކީއާ އެކުވެސް އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ޗައިނާއަށް ކުރެެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ވެލާނާ އެއާޕޯޓްގައި ހުންނަވައެވެ. 

މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަދުވަހު ރައީސް މުއިއްޒު ވިދާޅުވީ ތުރުކީން ގެންނަ ފުށުގެ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހު ރާއްޖެއަށް އަންނާނެކަމަށެވެ. 

މި ވާހަކަތައް ހިމެނޭ ވީޑިއޯކޮޅަކާއި އެކު އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، " އެންމެ ދިމާލަކަށް ބަރޯސާނުވާން ތުރުކީން ގެންނަ ބާވަތްތައް މިހާރު އަތުވެއްޖެތޯ" ސުވާލު އުފައްދަވާފައެވެ. 

your imageތުރުކީން ގެނައިކަމަށް ބުނާ ފުށް ބަސްތާއެއް

ވައްޑެގެ މި ސުވާލަށް ޖަވާބުދިނީ އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހުއެވެ. އޭނާ ވައްޑެގެ ޓްވީޓް ހިމަނާ ކުރި ޕޯސްޓެއްގައި ބުނީ ތުރުކީން ގެނައި ފުށުގެ ޝިޕްމަންޓް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެ އައިސްފައިވާކަމަށެވެ. އަދި އެ ފުށް ކޭ ނިންމިތާވެސް އެތައް ދުވަހެއް ވެއްޖެކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ ކުރެއްވި ދަތުރުފުު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން  ނުސީދާކޮށް އިންޑިއާއަށް ވަނީ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. 

އެދުވަހު ރައީސް މުއިއްޒު ވިދާޅުވީ ފުށުގެ ޝިޕްމަންޓްގެ އިިތުރުން ހަނޑޫ އަދި ހަކުރުގެ އިތުރުން ފިޔާ، ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް ގެނައުމަށް ވެސް އެކި ގައުމުތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އެ ޝިޕްމަންޓްތައް ވެސް އަންނާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް