ads
ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާ އޭނާގެ އާއިލާއާ އެކު
ސަތަރޭ އެޑްމިކޮށް ފަރުވާދެނީ
ހިންދީ ސިނަމާތަކުގައި ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

ހަބަރުތައް ބުނާ ގޮތުން ސަތަރޭ އެޑްމިކޮށް ފަރުވާދެމުން އަންނަނީ ވައިރަލެއް ހުމެއް ޖެހިގެންނެވެ. އަދި އޭނާއަށް ފަރުވާދެމުން އަންނަނީ މުމްބާއީގެ ކޮކޯލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައެވެ. އެހެންނަމަވެސް އޭނާގެ ހާލު އެހާ ގޯސް ނޫންކަމަށް އާއިލާތަކާއި ހަވާލާދީ މީޑިއާތަކުން ބުނެއެވެ. 

ސަތަރޭ ބަލިވެގެން އެޑްމިޓްކޮށްފައި މިވަނީ އަންހެން ދަރިފުޅޫ ސޮނާކްޝީގެ ކައިވެނި ކުރިތާ ދެ ދުވަސް ފަހުންނެވެ. ސޮނާކްޝީގެ  ކައިވެނި ޕާޓީގަި ސަތަރޭ ވަރަށް މަޖާކޮށް އުޅެނިކޮށް ވަނީ ފެނިފައެވެ. 

80ގެ އަހަރުތަކުގައި ގިނަ ފިލްމުތަކެއްގައި މުހިއްމު ރޯލްތަކެއް އަދާކުރި ސަތަރޭއަކީ މިހާރު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހެކެވެ. މީގެ ކުރިން މިނިސްޓަރުކަންވެސް ކުރި ސަތަރޭއަކީ މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޮކް ސަބާގެ މެމްބަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް