ads
މަރުކޭޓް ގޮޅިއެއްގެ އަށިދަށުގައި އޮތް ބިދޭސީއެއް ނެރެނީ
ބައެއް ބިދޭސީން ފިލަންވަނީ، މާރުކޭޓް ގޮޅިތަކުގެ އަށިތައް ދަށަށް
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް މާރުކޭޓް ގޮޅިތަކުގެ އަށިތަކުގެ ދަށުގައި ފިލާ ތިއްބާ ނެރެފިއެވެ. ބައެއް ބިދޭސީން ފިލަންވަނީ، މާރުކޭޓް ގޮޅިތަކުގެ އަށިތައް ދަށަށް

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މިދިޔަ ހޮނިހިރު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނަކީ އެ އިދާރާއިން މިހާތަނަށް ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަންކަމަށެވެ. 

މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގެ 4 ތަނެއް ބަލައި ވަނީ ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެ އިދާރާއިން ވަނީ މި އޮޕަރޭޝަންގެ ބައެއް ވީޑިއޯތައް އާއްމުކޮށްފައެވެ. 

އެ މަންޒަރުތަކުން ފެންނަ ގޮތުން ގަވައިދާ ހިލާފަށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަތީ މާރުކޭޓް ގޮޅިތަކުންނެވެ. އަދި ބައެއް ގޮޅިތަކުގައި ހަދާފައިވާ އަށިތަކުގެ ދަށުގައިވެސް ބައެއް ބިދޭސީން ފިލާ ތިއްބެވެ. މިމީހުން އެތަނުން ނެރޭތަންވެސް މި ވީޑިއޯތަކުން ފެނެއެވެ. އަދި އަތުލައިގެން މީހުން އަތުން ގިނަ އަދަދެއްގެ ފޯނުތަކެއް އަތުލާފައިވާތަންވެސް ފެނެއެވެ. 

your imageބިދޭސީންގެ އަތުން އަތުލައިފައި ހުރި ފޯނުތައް 

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް 83 ބިދޭސީއެއް ގެންދިޔަކަމަށާއި އެ އެންމެންގެ ބަޔާންތައް މިހާރު ނަގާފައިވާކަމަށެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށްް ކުރަމުންދާ މަސައްކަތުގެ ދަށުން ގަވައިދާ ހިލާފަށް އުޅުނު 1800 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އެމީހުންގެ ގައުމަށް ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

your imageހޮނިހިރު ދުވަހު އަތުލައިގެން ބައެއް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ 

ރާއްޖޭގައި އުޅޭ ބިދޭސީން ހޯދާ އެމީހުން ގަވައިދަށް ފެއްތުމަށް "ކުރަނގި" ގެ ނަމުގައި ހޯމް މިނިސްޓްރީންވެސް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި މަސައްކަތުގައި ދަށުން ބިދޭސީން ހޯދާ އެމީހުން އިނގިލީގެ ނިޝާންތައް ދަނީ ނަގަމުންނެވެ. މިހާތަނަށް 1700 ވުރެ ގިނަ ބިދޭސީންގެ އިނގިލީގެ ނިޝާންތައް ނަގާ މައުލޫމާތުތައް ވަނީ އެއްކޮށްފައެވެ. އެއްވެސް އައިޑެންޓީއެއް ނެތް މީހުން އެމީހުންގެ ގައުމަތަކާއި ގުޅި ޓްރެވަލް ޑޮކިއުމެންޓް ހަދާ އެމީހުން ފޮނުވާލާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް