ads
މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް
ދެން 2 ހަފްތާތެރޭ ފައިސާދެވޭނެ، 48 ގަޑިއިރުތެރޭ ދެވެނީ ދޮޅުއަހަރެއްގެ ތެރޭ: ޝިޔާމް
މަސް ގަންނަ އަގަށް ބަދަލު ގެނައުމުން މަސްވެރިން މިފްކޯއަށް ކިރާ މަހަށް 2 ހަފުތާ ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިފްކޯއަށް މަސް ގަންނަ އަގަށް ގެނައި ބަދަލާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

ޝިޔާމު ވިދާޅުވީ، މިހާރު މަސްވެރިކަމުގެ ސިނާއަތަށް މިގެންނަ ބަދަލުތަކާއި އެކު ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްޤީކުރެވޭނެކަމަށެވެ. އަދި އެތަންތަން 2026 ގައި ވުޖޫދަށް އަންނާނެކަމަށާއި އެ ބަދަލުތަކާއި އެކު ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

"މިފްކޯ އަކީ ބްރޭކް އިވަންގައި ހިންގާ ކުންފުންޏަކަށް ހަދައިގެން އެކަން ވެވޭނީ، އެމަސައްކަތް މިކުރަނީ، މިވަގުތު މި ގެނެވޭ ބަދަލުގައި، އަމާޒަކީ 2 ހަފްތާތެރޭގައި ފައިސާ ދިނުން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިފްކޯއިން ވަނީ މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު އެ ހަފްތާއަކަށް މަސް ގަންނަ އަގު ކަނޑައަޅާށެވެ. އެގޮތަށް އަގު ކަނޑައަޅަނީ، ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ، އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދަށް ބަލައިގެންނެވެ.  މި ހަފްތާފައި މަސްކިލޯއެއް ގަންނާނީ 16 ރުފިޔާއަަށްް ކަމަށް މިފްކޯއިން ބުނެއެވެ. 

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް މި ބަދަލާއެކު ހަމަޖެހިގެން ދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 20ރ. އަށެވެ. 

ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގަތީ މަސް ކިލޯއެއްގެ އަގު 20ރ.އަށް ވުރެ ދަށް ނުކުރާނެ ކަމަށެވެ.




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް