ads
ޒާންގް ޒިޖީ އަށް ފަރުވާ ދެނީ
ބެޑްމިންޓަން ކުޅުންތެރިއަކު ކޯޓުމަތީގައި މަރުވެއްޖެ
ޒުވާން ބެޑްމިންޓަން ކުޅުންތެރިޔަކު، ހިތް ހުއްޓިގެން ކޯޓު މަތީގައި މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑޮނީޝިއާގެ ޔޮގްޔަކާޓާ ޕްރޮވިންސްގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޖޫނިއާ ޗެމްޕިއަންޝިޕް ބެޑްމިންޓަން މުބާރާތުގައެވެ. 

މި މުބާރާތުގައި ކާޑިއެކް އެރެސްޓެއް ޖެހި ކޯޓު މައްޗަށް ވެއްޓުނު އުމުރުން 17 އަހަރުގެ ޗައިނާ ކުޅުޅުންތެރިއެކެވެ.

ރޮއިޓާސް ބުނާ ގޮތުން މި ހާދިސާ މަރުވީ ޗައިނާގެ ޒާންގް ޒިޖީ ކިޔާ ޒުވާން ކުޅުންތެރިއެކެވެ. އޭނާ މަރުވީ ބެޑްމިންޓަން އޭޝިއާ ޖޫނިއާ ޗެމްޕިއަންޝިޕްގައި އިއްޔެ ޖަޕާނުގެ ކަޒޫމާ ކަވާނޯއާ ދެކޮޅަށް ކުޅެނިކޮށެވެ. ކޯޓު ތެރެއަށް އޭނާ ވެއްޓުމާއެކު ފަރުވާ ދިނުމަށް ފަހު އެމްބިއުލާންސްގައި ކައިރި ހޮސްޕިޓަލަކަށް ގެންދިޔަ ކަމަށް ރޮއިޓާސްއިންވަނީ ރިޕޯޓްކޮށްފައެވެ. އެކަމަކު ހޮސްޕިޓަލަށް ގެނައިއިރުވެސް އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް