ads
މަސްވެރިން ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން
ފައިސާ ދޫކުރަން ފެށުމުން މަސްވެރިންގެ މުޒާހަރާތައް ނިމުމަކަށް
އޮޑިވެރިންނަށް ފައިސާ ދޫކުރަން މިއަދު ފެށުމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކުރަމުންދިޔަ މަސްދޯނިތަކުން މުޒާހަރާތައް ހުއްޓާލައިފި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނީ 27 ޖޫން ނުވަތަ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަންޖެހޭ 53 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެއްވެސް ފައިސާއެއް ނުދައްކާ ނެތް ކަމަށް ވަނީ ބުނެފަ އެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމާއި ގުޅިގެން ދެކުނުގެ މަސްވެރިން އަދި މާލޭ ސަރަހައްދުގައި ބޮޑުކަންނެލީގެ މަސްވެރިން ވަނީ މުޒާހަރާކޮށްފަ އެވެ.

އެ ފައިސާ ޖަމާކުރަން ފެށުމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކުރަމުންދާ މަސްވެރިން މުޒާހަރާ ނިންމާލާފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މަސްވެރިންނަށް ފައިސާ ދޫކުރަން ފެށި އިރު، މިފްކޯ އިން ވަނީ މިއަދުން ފެށިގެން މަސް ގަންނަ އަގު ދަށްކޮށްފަ އެވެ. 

އެގޮތަށް ނިންމީ މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމަކަށް ނުވާތީ ކަމަށް ބުންޏެވެ. 

މީގެ ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 20ރ. އަށެވެ. ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގަތީ މަސް ކިލޯއެއްގެ އަގު 20ރ.އަށް ވުރެ ދަށް ނުކުރާނެ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް