ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވަނީ "ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިން ސްކޮލަރޝިޕް ސްކީމް 2024" ގެ ނަމުގަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޗާޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް މި 100 ސްކޮލާޝިޕްގެ ފުރުސަތު ބަހާލާފައިވަނީ 2 ބަޔަކަށް ކަމަށެވެ. އެއީ ޕަބްލިކް ކެޓަގަރީއަށް ދީފައިވާ 50 ފުރުސަތާއި އޯޕަން ކެޓަގަރީއަށް ހުޅުވާލާފައިވާ 50 ފުރުސަތުކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މި ސްކޮލާޝިޕަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށެވެ. މިއަހަރު ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލީ 31 ޖުލައި ގެ މެންދުރު 1:00 ގެ ނިޔަލަށެވެ.
ސްކޮލާޝިޕް ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް:
- ACCA ސްކިލްސް ލެވެލް ނޫނީ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުތު ފުރިހަމަވެފައި ހުރުން
- CIMA މެނޭޖްމަންޓް ލެވެލްއަށް ވަނުމުގެ ޝަރުތު ފުރިހަމަވުން
- ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ކިޔަވުމަށް ލޯނެއް ނަގާފައިވާނަމަ އެލޯނަށް ފައިސާ ދައްކަމުންދާ ފަރާތަކަށްވުން
- ސްކޯލާޝިޕްއަށް ހުށަހަޅާ އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވާ މި ސްކޮލާޝިޕްގެ ދާއިރާ އަކީ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA)، ސްކިލްސް ލެވެލް، ޕްރޮފެޝަނަލް ލެވެލް، ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް އެވެ