އިގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސްޓާފޯޑް ޝަޔަރ އިން މާސްޓަރ އޮފް ފައިނޭންސް ވެސް ހާސިލްކޮށްފައިވާ އާސިޔާ ކުރައްވާފައިވާ ޓުވީޓެއް ވިދާޅުވީ ގައުމުގެ މާލީ ހާލަތު މިވަރަށް ގޯސްވެފައިވަނީ ނިމިދިޔަ ސަރުކާރުން ނެނގި ލޯނުތަކާއި އިސޫކުރި ސްކުކްތަކާއި ބޮންޑުތަކުން ލިބުނު ފައިސާގެ އެކަށީގެންވާ މިންވަރެއް އިންވެސްޓްނުކޮށް ރިކަރަންޓަށް ހަރަދު ކުރުމުން ކަމަށް ސަރުކާރުގެ މާލީ ރިޕޯޓްތަކުން ސާފްވާ ކަމަށެވެ.
އާސިޔާ ވިދާޅުވީ ގައުމު މިމާލީ އަދި އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
ދުނިޔޭ މާލީ ރޭކިންގ އިދާރާ ފިޗުން ރާއްޖޭގެ ރޭކިންގ ދަށް ކުރުމުން އާސިޔާ ވަނީ ސީސީސީ އަށް ރޭންކިންގ ދަށްވެ ދިއުމަކީ ނުރައްކާތެރި ރަގަބީލެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ.
ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.